ads
ތ.ގުރައިދޫ ބަނދަރު. ފޮޓޯ: އެމްޓީސީސީ
ތ.ގުރައިދޫ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
ތ. ގުރައިދޫގައި ސަރުކާރުން ތަރައްގީކުރާ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ، މިހާރު މިމަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގާ ޕްރޮޖެކްޓް ސައިޓަށް ގެންގޮސް ނިމިފައިވާކަމަށެވެ. އެ މަޝްރޫއުގެ ފަށުން ފަޅު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ނިމުމަކާއި ގާތަށް ގޮސްފައެވެ. 

ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 16،533 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 22 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

އަދި 370 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 370 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް ވެސް އެމްޓީސީސީ މައުލޫމާތުދެއެވެ. 

ޕްލޭނިން މިނިސްޓްރީން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއުއަަށް ގާތްގަނޑަކަށް 46.01 ރުފޔާ ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް