ads
ފުވައްމުލައް ސިޓީ މަގުތައް ހަދަނީ-- ފޮޓޯ: އެމްޓީސީސީ
ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް ނޮވެމްބަރު މަހު ނިމޭނެ: އެމްޓީސީސީ
ފުވައްމުލައް ސިޓީގެ މަގުހެދުމުގެ މަސައްތަކް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓިސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ 83 ޕަސަންޓު މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށާއި، އެގޮތުން ޕޭވިން ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 41 ޕަސަންޓު ނިމިފައިވާ ކަމަށެވެ. 

މި މަޝްރޫއު މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. 

މި މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގެ 31 މަގުގައި، 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެ އެވެ. އެގޮތުން 122،659 ސްކުއެއާ މީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 ސްކުއެއާ މީޓަރުގެ ތާރު އެޅުމާއި، ޕޭވްމެންޓް ހެދުމާއި، މަގުތަކުގައި ބައްތި ހަރުކުރުމާއި އަދި ފެން ހިންދާ ނިޒާމު މަސައްކަތް ކުރާނެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެމްޓީސީސީ އާ ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 279.4 މިލިއަން ރުފިޔާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް