ads
ިމިނިސްޓަރު ފައްޔާޒު---ފޮޓޯ:އަވަސް
ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް އެހެން މީހުންނަށް އަނބުރުގެ ދައުވާކުރެވިގެން ނުވާނެ: ފައްޔާޒު
ދައުލަތުގެ މަގާމުތަކަށް ވޯޓު ލައިގެން ހޮވާފައި ތިބޭ ފަރާތްތަކަށް އަނބުރުގެ ދައުވާކުރުމުގެ ފުރުސަތު ލިބިގެން ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒުކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވޯޓަކުން ޖުޑީޝަރީ އާއި ގާނޫނު ހަދާއި މަޖިލީހުގެ އިތުރުން މިނިވަން މުވައްސަސާތަކަށް އައްޔަންކުރާ ފަރާތްތަކަށް އަނބުރުގެ ދައުވާކުރުމުގެ ފުރުސަތު ލިބިގެން ނުވާނެ އެވެ. އަދި އެ ފުރުސަތު އޮންނަންވާނީ އާންމު ރައްޔިތުންނަށްކަން ވެސް އެ ޓްވީޓުގައި ފާހަގަކުރައްވަ އެވެ. 

މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވީ ވޯޓަކުން އައްޔަންކުރައްވާފައިވާ ފަރާތްތަކަށް ވެސް އަނބުރާ ބެހިއްޖެނަމަ، މައާފަށް އެދެން ނުވަތަ ކުށެއް ރަނގަޅުކުރުމަށް އެދި ހުށަހެޅޭނެ ގޮތް އޮންނަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ފައްޔާޒު އެގޮތަށް ޓްވީޓް ކުރެއްވިއިރު ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ދައުރުގައި ހުށަހެޅުމަށް ނިންމާފައިވާ 28 ބިލެއްގެ މައުލޫމާތު އޭޖީ އޮފީހުން މީޑިއާތަކާ ހިއްސާކޮށްފައިވާއިރު އޭގެ ތެރޭގައި "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު" ހިމެނެ އެވެ. 

your imageމިނިސްޓަރު ފައްޔާޒުގެ ޓްވީޓް--

އެ ބިލު މަޖިލީހަށް ހުށަހަޅަން ނިންމުމާއެކު ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވުޖޫދަށް ގެނައި އަބުރު ގާނޫނޫ މިމަޖިލީހުގައި އުވާލާފައިވާއިރު އެ ގާނޫނުގައިވާ ގޮތުން އަބުރާބެހުމުގެ ކުށް އޮތީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އެކަމަކު މިހާރު ހުށަހަޅަން ނިންމާފައިވާ ބިލުގައި ވަނީ އެއީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. 

އަދި ނޫސްވެރިންނަށް ވެސް ފިއްތުންތައް ކުރިމަތިވެދާނެތީ ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު އެމްޖޭއޭއިން ވަނީ އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ބޭއްވުމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާނެ ފަދަ އެއްވެސް ކަމެއް ބިލުގައި ނުހިމެނުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް