ads
ގުރައިދޫ ގެއެއްގައި އަލިފާން ރޯވެފައިި--
ގުރައިދޫ ގެއެއްގައި ރޯވެ އަނދައިިފި
ތ. ގުރައިދޫ ގެއެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 11:45 ހާއިރު ކަމަށް އެރަށު ކައުންސިލުގެ ނައިބް ރައީސް ތައުފީގް އަލީ ސީއެންއެމްއަށް ވިދާޅުވި އެވެ. 

ދެ މަފިރިއަކާއި އެމީހުންގެ ދަރި ދިރިއުޅެމުންދާ އެގެއަކީ ތިން ކޮޓަރީގެ ގެއެއް ކަމަށާއި އަލިފާން ރޯވެފައި ވަނީ ކަރަންޓް ޝޯޓެއްވެގެން ކަމަށް ބެލެވޭ ކަމަށް ތައުފީގް ވިދާޅުވި އެވެ. 

ތައުފީގް ވިދާޅުވި ގޮތުގައި އެހާދިސާ ހިނގާފައިވަނީ ރަށުގެ ގިނަ ބަޔަކު ހުކުރަށް ދިޔަ ވަގުތު އެވެ. އެކަމަކު އެވަގުތު ހުކުރަށް ނުގޮސް ތިބި މީހުންނާއި ފުލުހުން ގުޅިގެން އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވިދާޅުވި އެވެ. 

your imageއަލިފާނުގައި އެގެއަށް ލިބުނު ގެއްލުން--

ތައުފީގް ވިދާޅުވީ، އެގޭގައި ބޭނުންކުރާ ހުރިހާ އެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ. އެގޮތުން އެމީހުންގެ ދަރިފުޅުގެ ޔުނިފޯމާއި ސްކޫލު ފޮތްތައް ވެސް އަނދާފައިވާ ކަމަށް ވިދާޅުވި އެވެ. 

"އެމީހުން ލައިގެން ހުރި އެއްޗެހި ފިޔަވާ ހުރިހާ އެއްޗެއް ވެސް ހަލާކުވެފައި ވަނީ. ވަރަށް ބޮޑަށް ހަލާކު ނުވާއެއްޗެއް ވިއްޔާ ހުރީ ދުންހިފާފައި. މިހާރު އެތަނުގަ ފުލުހުން އެބަ ހަރަކާތްތެރިވޭ،" ތައުފީގް ވިދާޅުވި އެވެ. 

ތައުފީގް އިތުރަށް ވިދާޅުވި ގޮތުގައި އެ އާއިލާ މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ކައުންސިލުން ފޯރުކޮށްދީފަ އެވެ. އަދި އެ ދާއިރާގެ މެމްބަރުގެ ފަރާތުން އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ވެސް ފާހަގަކުރެ އެވެ. 

ތައުފީގް ލަފާކުރާ ގޮތުގައި އަލިފާނުގައި ގެއަށް ލިބުނު ގެއްލުމުގެ އަގު 1.3 މިލިއަން ރުފިޔާއަށް އަރާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް