ads
އަނާރާ ނައީމް--
ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ދާއިމީކޮށް ތިބޭކަށް ނޭދެން: އަނާރާ
ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ދާއިމީކޮށް ތިބެން ތާހިދު ނުކުރާކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ދާއިމީކޮށް ތިބޭނަމަ މުސްތަގުބަލުގައި ބޮޑެތި މައްސަލަތަކެއް ދިމާވެދާނެކަަމަށެވެ.

އެހެންކަމުން ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ތިބެން ނޭދޭކަމަށް އެކަމަނާ ވިދާޅުވިއެވެ. އަނާރާ ވިދާޅުވީ އެކަމަކީ ސަރުކާރާއި ރައްޔިތުން ސަމާލުވާންޖެހޭ ކަމެއްކަމަށެވެ.

 

އަނާރާ މިހެން ވިދާޅުވެފައިވާއިރު ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައިވާ ހުރިހާ އެއްބަސްވުމެއްގެ ތަފްސީލް ހޯދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިމަހުގެ ހަތްވަނަ ދުވަހު އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެވަނީ ބޭރުކޮށްލާފައެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައުލޫމާތު ސާފު ކުރުމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ބައެއް ފަރާތްތަކުން މިހާރު އަންނަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތެއް ހިންގަމުންނެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް