ads
ގދ. މަޑަވެލި--
ގދ.މަޑަވެލި ކަރަންޓީން ފެސިލިޓީއަށް ބަޔަލު ގެއްލުންދީ ބައެއް ތަކެތި ވަގަށްނަގައިފި
ގދ.މަޑަވެލި ކަރަންޓީން ފެސިލިޓީގެ ދޮރުތަށް ހަލާކުކޮށްގެން އެތަނަށް ބަޔަކުވަދެ ބައެއް ތަކެތި ވަގަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެތަނުން ވަގަށް ގެންގޮސްފައިވަނީ، އެތާގައި ހަރުކޮށްފައިހުރި އޭސީ އާއި ފެންމޯޓަރުގެ އިތުރުން ފާހާނާގައި ހުރި ތަށިތަކާއި އިސްކުރު އަދި ޝަވަރެވެ. 

ސީއެންއެމްއަށް މައުލޫމާތުދެމުން ގދ.މަޑަވެލި ކައުންސިލްގެ ނާއިބު ރައީސް އަޒަމް މުހައްމަދު ވިދާޅުވީ، މިކަން ހިނގާފައިވަނީ މީގެ ތިންދުވަސް ކުރިން ކަމަށާއި، މިކަމުގެ މައުލޫމާތު ކައުންސިލަށް އެނގުމާއިއެކު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުން އެމައްސަލަ ބަލަމުންދާ ކަމަށްވެސް އަޒަމް ވިދާޅުވިއެވެ. 

މަޑަވެލީ ކައިންސިލްގެ ނާއިބު ރައީސް އަޒަމް ވިދާޅުވީ، އެތަނަކީ މަޑަވެލިން ކޮވިޑަށް މީހަކު ޕޮސިޓިވް ވެއްޖެނަމަ، އެމީހަކު ވަގުތުން ވަކިން އައިސޮލޭޓް ކުރެވޭނެގޮތަށް އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހަދާފައިވާ ތަނެއް ކަމަށާއި، ނަމަވެސް އަދި އެރަށުން ކޮވިޑުގެ ކޭސްއެއް ފެނިފައި ނުވާތީ މިހާތަނަށް އެތަން ހުރީ ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ނުކޮށް ކަމަށެވެ. 

0%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް