ads
ކުރިން ބޭއްވި ނައިޓް މާކެޓެއްގެ ތެރެެއިން-- ފޮޓޯ: ސީއެންއެމް
ބޮޑު ޗުއްޓީގައި ނައިޓް މާކެޓް ބޭއްވުމުގެ ފުރުސަތު ހުޅުވާލައިފި
ސްކޫލުތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް މާލޭ ސިޓީގައި ނައިޓްމާކެޓް ބާއްވަން ބޭނުންވާ ފަރާތްތަކަށް މާލޭ ސިޓީ ކައުންސިލުން އެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement
ސްކޫލުތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް މާލޭ ސިޓީގައި ނައިޓްމާކެޓް ބާއްވަން ބޭނުންވާ ފަރާތްތަކަށް މާލޭ ސިޓީ ކައުންސިލުން އެ ފުރުސަތު ހުޅުވާލައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ ނައިޓް މާކެޓް ބޭއްވުމަށް ހުޅުވާލަނީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެގޮތުން އެމުއްދަތުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ނައިޓް މާކެޓް ބޭއްވުމަށް ވަނީ ހުޅުވާލާފަ އެވެ.

އެ މުއްދަތުގެ ތެރޭގައި ކޮންމެ ފަރާތަކަށް ގިނަވެގެން ހަތް ދުވަހަށްވުރެ އިތުރުނުވާނޭ ގޮތުގެ މަތިން ނައިޓް މާކެޓް ބޭއްވުމަށް ފުރުސަތު ލިބޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ޗުއްޓީގައި ނައިޓް މާކެޓް ބާއްވަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް މައުލޫމާުތު ސާފުކުރުމާއެކު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ސިޓީ ކައުންސިލުން ވަނީ ނައިޓް މާކެޓް ބޭއްވުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެ އުސޫލުގައިވާ ގޮތުން ނައިޓް މާކެޓް ބޭއްވަން ހުއްދަ ދޭނީ ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ކުރިން ޝައުބާ މަހު ތެރޭގަ އާއި ކޮންމެ އަހަރެއްގެ ސްކޫލް ބޮޑު ޗުއްޓީ ތެރޭގައި ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ނައިޓް މާކެޓު މާލޭގައި ބޭއްވޭނެ ވަކި ދުވަސްތަކެއް ސިޓީ ކައުންސިލުން ކަނޑައެޅިއިރު އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ ނައިޓްމާކެޓު ބޭއްވުމަށް ދޫކުރާ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ވެސް ގެޒެޓްކޮށްފައެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން، މަގުމަތީ ބާޒާރުތަކުގައި ވިއްކޭނީ ހަމައެކަނި ފިހާރަތަކުގައި ނުވިކި ހުންނަ މުދަލެވެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް