ads
ލ. މާވަށު ޕޮލިސް ސްޓޭޝަނުން އާއްމުންނާއި ބައްދަލުކުރަނީ--
މާވަށު ފުލުހުން ކޮމިއުނިޓީ އެންގޭޖްމަންޓު ޕްރޮގްރާމެއް ހިންގައިފި
ލ. މާވަށު ޕޮލިސް ސްޓޭޝަނުން މާވަށުގައި ކޮމިއުނިޓީ އެންގޭޖްމަންޓު ޕްރޮގްރާމެއް ހިންގައިފި އެވެ.

މާވަށު ޕޮލިސް ސްޓޭޝަނުން ހިންގާ ކޮމިއުނިޓީ އެންގޭޖްމަންޓު ޕްރޮގްރާމަކީ މިމަހުގެ އަށްވަނަ ދުވަހުގެ ހަވީރު ފެށި ޕްރޮގްރާމެކެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ ޕްރޮގްރާމުގައި މާވަށުގެ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރުމަށް ރައްޔިތުންގެ އެހީތެރިކަން ލިބޭ މިންވަރު ބަލާފައި ވެއެވެ.

އަދި ފުލުހުންގެ ހިދުމަތް ދިނުމުގައި ހުރި ރަނގަޅު ކުރަން ޖެހޭ ކަންކަން ބަލައި ރައްޔިތުންގެ ފަރާތުން މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މާވަށުގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ އެއްގޮތަށް ސްޓިކާތަކާއި ލިޔެކިޔުންތައް ހަމަކޮށްފައިވޭތޯ ބަލައި ޗެކްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވި ބައެއް ފަރާތްތަކަށް އުޅަނދުގައި ހަމަކުރަން ޖެހޭ ސްޓިކާތައް ހަމަކުރުމަށާއި ލިޔެކިޔުންތައް ހަމަކުރުމަށް ނަސޭހަތްތެރި ވެފައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް