
ނަޑާލް އަދި ޖޮކޮވިޗް--
ފްރެންޗް އޯޕަން ފައިނަލަށް ނަޑާލް އަދި ޖޮކޮވިޗް
އަހުމަދު ފައިސަލް
10 އޮކްޓޯބަރ 2020 - 17:38:28
ފްރެންޗް އޯޕަންގެ ފައިނަލަށް ރަފައެލް ނަޑާލް އަދު ނޮވަކް ޖޮކޮވިޗް ދަތުރުކޮށްފިއެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހުއެވެ.
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ރަފައެލް ނަޑާލް ފައިނަލަށް ދިޔައީ ސެމީ ފައިނަލްގައި އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްޒްމަން ބަލިކޮށްގެނެވެ.
ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ނޮވަކް ޖޮކޮވިޗް ފައިނަލަށް ދިޔައީ ސެމީ ފައިނަލްގައި ގްރީސްގެ ސްޓެފާނޯ ސިޓްސިޕާސް ބަލިކޮށްގެނެވެ.
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލް މެޗު ފެށޭނީ އާދިއްތަ ދުވަހު ރާއްޖޭ ގަޑިން ހަވީރު ހައެއް ޖަހާއިރުއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް