ads
ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އައްޔަންކުރެއްވި އާއިޝަތު އަސްނާ ހަމްދީ
ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަންކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް ގަލޮޅު ސިލްވަރުގެއާގެ، އާއިޝަތު އަސްނާ ހަމްދީ މިއަދު އައްޔަންކުރައްވައިފިއެވެ.
Advertisement

ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އަސްނާ އައްޔަންކުރަން މިއަދު ރައްޔިތުން މަޖިލީހުން ފާސްކުރީ މިއަދު ޖަލްސާގައި ބައިވެރި މެމްބަރުންގެ އިއްތިފާގުންނެވެ. 73 މެމްބަރުން ވަނީ އަސްނާ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އައްޔަންކުރަން ފެންނަކަމަށް ވޯޓް ދީފިއެވެ. 

މަރުކަޒީ ބޭންކު، އެމް.އެމް.އޭ ގެ ތަފާތު މަގާމުތަކުގައި ސަތާރަ އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ އަސްނާ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވިއިރު ހުންނެވީ އެ އިދާރާގެ މެނޭޖިން ޑިރެކްޓަރު ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމަންޓް ގެ މަގާމުގައެވެ.

2014 ވަނަ އަހަރު އަސްނާ ވަނީ ޔުނިވާސިޓީ އޮފް ނޮޓިންގްހަމުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފައިނޭންސްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، 2007 ވަނަ އަހަރު ޔުނިވާސިޓީ އޮފް އީސްޓް ލަންޑަނުން ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އޮނާސް)، 2005 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް އިން އެޑްވާންސްޑް ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، އަދި 2001 އިން 2003 އަށް، އިނިގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން، ޑިޕްލޯމާ އެންޑް ސެޓިފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވެއެވެ.

މީގެ އިތުރުން އަސްނާ ވަނީ ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގެ އެވޯޑު ހާސިލުކުރައްވައި، ދިރާސީ ކަރުދާސްތައްވެސް ޝާއިއުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް