ads
އިންސްޓަގްރާމް--
ބުލީ ކުރުމަށް އިންސްޓަގްރާމުގައި ޖަހާ ކޮމެންޓުތައް ނުފެންނަ ގޮތް ހަދައިފި
އިންސްޓަގްރާމްގައި މީހުންނަށް ބުލީ ކުރުމަށް ޖަހާ ކޮމެންޓުތައް ނުފެންނަ ގޮތް ހަދައިފި އެވެ.

އިންސްޓަގްރާމުގައި ޖަހާ އެފަދަ ކޮމެންޓުތައް އަމިއްލައަށް ހައިޑްވާނީ އެކަހަލަ ކޮމެންޓުތައް ރިޕޯޓުކޮށްގެން ނުފެންނަ ގޮތް ހަދާ އުސޫލުންނެވެ.

އެގޮތުން ބޭނުންވެއްޖެ ހިނދެއްގައި ރިމާކްސް ބެލުމަށް "ވިއު ހިޑެން ކޮމެންޓްސް" އޮޕްޝަނުން އެ ކޮމެންޓެއް ބަލާލެވޭނެ ކަމަށް އިންސްޓަގްރާމުން ވަނީ ބުނެފަ އެވެ. 

ބުލީ ކުރުމަށް ޖަހާ "އޮފެންސިވް" ކޮމެންޓުތައް ދެނެގަންނާނީ އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމުންނެވެ. އަދި އެ ސިސްޓަމުން އެފަދަ ކޮމެންޓުތައް ނުފެންނަ ގޮތް ހަދާނެ އެވެ.

އިންސްޓަގްރާމުން މިދިޔަ އަހަރު "ރެސްޓްރިކްޓް" ގެ ނަމުގައި ވެސް ޓޫލެއް ތައާރަފްކޮށްފައި ވެއެވެ. އެ ޓޫލް މެދުވެރިކޮށް އެމީހެއްގެ ކޮމެންޓު ހިފެހެއްޓުމުގެ އިހްތިޔާރު ލިބޭނެ އެވެ.

އެގޮތަށް ހެދުމުން ޕޯސްޓަކަށް އެހެން މީހުން ކުރާ ކޮމެންޓް ފެންނާނީ އެ ކޮމެންޓެއް ކުރި މީހަކަށް އެކަންޏެވެ. އޭގެ އިތުރުން ބުލީ ކުރުމަށް ޖަހާ ކޮމެންޓެއް ނަމަ ނޮޓިފިކޭޝަން އަންނަ ގޮތް ވެސް ހަދާފައި ވެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް