ads
ދުނިޔެ ކައިރިން ދަތުރު ކުރާ ގިނިހިލައެއްގެ އިލަސްޓްރޭޝަނެއް-- ފޮޓޯ: ގެޓީ އިމޭޖަޒް
ގިނިހިލަ ހޯދަން ދަސްކޮށްދޭ ޕްރޮގްރާމެއް ރާއްޖޭގައި ފަށަނީ
މަތީ ގްރޭޑްތަކުގެ ކުދިންނަށް އަމާޒުކޮށް "އެސްޓްރޮއިޑް" ނުވަތަ ގިނިހިލަ ހޯދަން ދަސްކޮށްދޭ ޕްރޮގްރާމެއް ތައާރަފްކޮށްފި އެވެ.

ގްރޭޑް އަށަކާއި 12 އާ ދެމެދުގެ ކުދިންނަށް ހާއްސަ މި ޕްރޮގްރާމްގައި ހިލޭ ބައިވެރިވެވޭއިރު، މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިންނެވެ. 

އައިޖީއެސްއިން ބުނީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ އެ ޕްރޮގްރާމުގައި ގިނިހިލަ ހޯދަން ދަސްކޮށްދޭނީ ދުނިޔޭގައި ގާއިމްކޮށްފައިވާ ޓެލެސްކޯޕްތަކުން ލިބޭ އެކި މައުލޫމާތުގެ އެހީގައި ކަމަށެވެ. 

އެ ޕްރޮގްރާމްގައި ދަރިވަރުންނަށް ގިނިހިލަ ހޯދަން ދަސްކޮށްދޭން ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމަށް ވަނީ ހުޅުވާލާފަ އެވެ. އައިޖީއެސްއިން ބުނީ ވޮލަންޓިއަރުން ތަމްރީން ދޭނެ ކަމަށެވެ. 

އޭގެ އިތުރުން ވޮލަންޓިއަރުން "ސްޕޭސް އެމްބެސަޑަރުންގެ ގޮތުގައި" މަސައްކަތުގައި އުޅެން ޖެހޭނީ މަހަކު ގިނަވެގެން ހަތަރު ގަޑިއިރު ކަމަށް ވެސް އައިޖީއެސްއިން މައުލޫމާތު ދެއެވެ. 

"އަޅުގަނޑުމެން ވޮލެންޓިއަރުން ވެސް ތަމްރީނުކޮށްދޭނަން. އަދި އަމަލީ ތަޖުރިބާގެ ތެރެއިން ވޮލެންޓިއަރުންނަށް ވެސް ގިނިހިލަ ހޯދުމުގެ ފުރުސަތު އޮންނާނެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ސެޓްފިކެޓެއް ލިބޭނެ،" އައިޖީއެސްގެ ސީއީއޯ އަދި ފައުންޑަރު މުހައްމަދު ރިފްއަތު ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގެ ޓްރެއިނަރަކަށް ވާން ބޭނުންވާ ފަރާތްތަކުން އޮކްޓޯބަރު 12 ވާ ހޯމަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިން [email protected] އަށް ސީވީ އީމެއިލް ކުރަން ޖެހެ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް