ads
ފޮޓޯ: މައި ކޮލެޖް
ީޓީޗަރުންގެ ދުވަހާއި ގުޅިގެން މައި ކޮލެޖްއިން މުވައްޒަފުންގެ އަގުވަޒަން ކޮށްފި
ޓީޗަރުންގެ ދުވަހާއި ގުޅިގެން މައި ކޮލެޖްއިން މުވައްޒަފުންގެ އަގުވަޒަން ކޮށްފި އެވެ.

ކޮންމެ އަހަރަކު ވެސް ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހުގެ ގޮތުގައި އޮކްޓޫބަރު ފަސް ވަނަ ދުވަސް ސްކޫލުތަކާއި ކޮލެޖުތަކުގައި ފާހަގަކުރެ އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މި ފަހަރު ސްކޫލުތަކުގައި މާ ބޮޑު ހަރަކާތެއް ބޭވިފައެއް ނުވެއެވެ. 

އެހެންނަމަވެސް މައި ކޮލެޖްއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބައެއް ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

your imageމައި ކޮލެޖްއިން ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން

އެގޮތުން މިވަގުތު ސްރީލަންކާގައި ހުންނެވި ކޮލެޖްގެ ޗެއާމަން އަހްމަދު މޮޓާކީ ވަނީ ޒޫމް މެދުވެރިކޮށް ކޮލެޖްގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި އެންމެ ބޮޑަށް އަލިއަޅުއްވާލާފައިވަނީ ތައުލީމީ ދާއިރާގައި ދަރިވަރުންނަށް ޓީޗަރުންގެ މުހިންމުކަމުގެ މަައްޗަށެވެ.

އަދި މަސައްކަތްކުރުމުގައި މުވައްޒަފުން ދައްކަމުންދާ ޝައުގުވެރިކަން ފާހަގަކުރައްވާ ޗެއާމަން ވަނީ މުވައްޒަފުންގެ ހިތުގައި މަސައްކަތަށް އޮންނަ ލޯތްބަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ޓީޗަރުންގެ ދުވަހާއި ގުޅިގެން އެ ކޮލެޖްއިން ވަނީ ކޮލެޖްގެ ލެކްޗަރާއިންނަށާއި ހުރިހާ ސްޓާފުންނަށް އެބޭފުޅުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމުގެ އިތުރުން ހަދިޔާވެސް ދީފައެވެ.

your imageމުވައްޒަފުންގެ އަގްވަޒަންކުރުމުގެ ގޮތުން ހަދާނީ ލިއުން ވަނީ ހަވާލުކޮށްފަ——

މައި ކޮލެޖްއަކީ 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އެންމެ 19 ދަރިވަރުންނާއި ދެ ކްލާސްރޫމް އަދި ދެ ލެކްޗަރާއިންނާއިއެކު ކިޔަވައިދޭން ފެށި ކޮލެޖްއެކެވެ. އެހެންނަަމަވެސް މިހާރު އެ ކޮލެޖްގައި 2800 އެއްހާ ދަރިވަރުން ކިޔަވަމުން އަންނައިރު 245 މުވައްޒަފަކު އަންނަނީ މަަސައްކަތް ކުރަމުންނެވެ. 

ކޮވިޑާ ގުޅުވައިގެން މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ޔުނެސްކޯއިން ހަމަޖައްސާފައި ވަނީ "ޓީޗާސް ލީޑިން އިން ކްރައިސިސް، ރިއިމޭޖިނިން ދަ ފިއުޗާ" އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް