ads
ފްރެންޗް އޯޕަން ފައިނަލްގެ ތެރެއިން
ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ނަޑާލްއަށް
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން، މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ރަފައެލް ނަޑާލް ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ނަޑާލް ހޯދީ އާދިއްތަ ދުވަހު ކުޅުނު ފައިނަލްގައި ނޮވަކް ޖޮކޮވިޗް ބަލިކޮށްގެނެވެ.

ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ނަޑާލް ހޯދީ، ފައިނަލްގައި 6-0, 6-2, 7-5 އިން ޖޮކޮވިޗް މައްޗަށް ކުރި ހޯދައިގެންނެވެ. 

މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ނަޑާލް ހޯދި ތޭރަވަނަ ފަހަރެވެ. އަދި މިއާއެކު ނަޑާލްވަނީ ގްރޭންޑް ސްލޭމް 20 ތަށި ހޯދައި، ރޮޖާ ފެޑެރާގެ ރެކޯޑާ ހަމަކޮށްފައެވެ. ރޮޖާ ފެޑެރާގެ ރެކޯޑަކީވެސް 20 ގްރޭންޑް ސްލޭމްއެވެ.

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލަށް މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ރަފައެލް ނަޑާލާއި ދިޔައީ ސެމީގައި އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްޒްމަން ބަލިކުރުމަށް ފަހު އެވެ. ޖޮކޮވިޗް ފައިނަލަށް ދިޔައީ ސެމީގައި ގްރީސްގެ ސްޓެފާނޯ ސިޓްސިޕާސް ބަލިކޮށްގެނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް