ads
އާޒިމާ ޝުކޫރު-- ފޮޓޯ: ރައީސް އޮފީސް
އާޒިމާ އެދިލައްވަނީ އަލުން އަަޑުއެހުންތައް ފަށަން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިނިސްޓާ އޮފް ލީގަލް އެފެއާޒްގެ މަގާމުގައި ހުރި އާޒިމާ ޝުކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، އިބްތިދާއީ އަޑުއެހުން އަލުން ފެށިގެން ކުރިއަށް ގެންދިއުމަށް އެދިއްޖެ އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. އެ ދެ ދައުވާއަކީ ރަސްމީ އިދާރާއަކަށް ދޮގުމައުލުމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންއަށް މަގުފަހި ކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ. އާޒިމާގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ތާވަލުކުރި އަޑުއެހުމުގައި އާޒިމާ އާއި އޭނާ ވަކީލުން ވަނީ ކުރިން އެ މައްސަލަ ބެއްލެވި ގާޒީ އަހުމަދު ހައިލަމް މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ އަލުން މައްސަލައިގެ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދިއުމަށް އެދިފަ އެވެ. 

އެކަމަކު އެ މައްސަލައަކީ ކުރިން އިބްތިދާއީ އަޑުއެހުން ބާއްވާފައިވާ އަދި ގޮތެއް ނިންމާފައިވާ މައްސަލައެއްކަން މިހާރު އެ މައްސަލަ ބައްލަވަމުން ގެންދަވާ ހަސަން ސައީދު ވެސް ވިދާޅުވާކަމަށް ދައުލަތުގެ ވަކީލުން ފާހަގަކުރެ އެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެމަނިކުފާނާ އޭސީސީއާ ދެމެދު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ދޮގު މައުލޫމާތު ދިންކަމަށް ބުނާ މައްސަލައިގަ އެވެ. މީގެ އިތުރުން މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކޮށްފައިވަނީ އެސްކްރޯ އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބީއެމްއެލްއިން ވަކި ގޮތަކަށް ލިޔުން ހޯއްދައި، އެ ލިޔުން ބޭނުންކޮށްގެން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް