ads
ޖޯޝް އޭނަގެ މަންމަ އާއިއެކު--
މަންމަ ސަލާމަތްވީ ކުޅެން ގެންގުޅޭ އެމްބިއުލާންސްގެ ސަބަބުން!
އާއްމުކޮށް ކުޑަ ދަރިފުޅު ކުޅެން ހޯދައިދެވޭ ތަކެއްޗާ މެދު މާ ބޮޑު ސަމާލުކަމެއް ނުދެވެ އެވެ. އެއީ ކުއްޖާއަށް އެއްޗެއް ދަސްވާނެ ނޫނީ ކޮންމެ ވެސް ފައިދާއެއް ކުރާނެ އެއްޗެއްތޯ ބަލައި ލެވެނީ ވަރަށް މަދު ފަހަރަކު އެވެ.
Advertisement

އެހެން ނަމަވެސް ފަސް އަހަރުގެ ޖޯޝް އާނަގެ މަންމަ ސަލާމަތްކޮށްދިނީ ކުޅެން ގެންގުޅުނު އެންބިއުލާސްގެ އެހީގައެވެ. 

"ސްޓެފްސް ޕެކްޑް ލަންޗް" ޝޯގައި ވާހަކަދައްކަމުން ޖޯޝްގެ މަންމަ ވަނީ އެކަން ހިނގި ގޮތް ކިޔައިދީފަ އެވެ. 

ޖޯޝްގެ މަންމަ ލިސާ ބުނީ އެ ހާދިސާ ހިނގި ދުވަހު އޭނާ ބަލިވެގެން ނޫޅޭ ކަމަށާއި އަދި އުނދަގުލެއް ވެސް ނުވާ ކަމަށެވެ. 

ހެނދުނު ޕާކަށް ގޮސް އެނބުރި ގެޔަށް އައިސް ކައިގެން ޖޯޝް ބޭނުންވީ ކުޅެން ކަމަށާއި ޖޯޝްގެ އެންމެ ގަޔާވަނީ ކާރާ ކުޅެން ކަމަށް ލިސާ ބުންޏެވެ. 

ލިސާ ބުނީ އޭނާގެ އެންމެ ފަހުން ހަނދާނަކަށް ހުރީ ޖޯޝް އާއެކު ކުޅެން އުޅުނު ހަނދާން ކަމަށާއި އޭގެ ފަހުން ހޭވެރިކަންވީ ސިއްހީ ފަރުވާ ދެނިކޮށް ކަމަށެވެ.

ޝޯގެ ޕްރެޒެންޓަރު އެކަން ހިނގި ގޮތް ހަނދާން އެބަހުރިތޯ ޖޯޝް ކައިރި ސުވާލު ކުރުމުން އެ ކުއްޖާ ވަނީ އެ ދުވަހުގައި ކަން ހިނގި ގޮތް ކިޔައިދީފަ އެވެ. 

ޖޯޝް ވަނީ މަންމަ ސަލާމަތް ކުރުމަށް ކުޅެން ގެންގުޅުނު އެންބިއުލާސްގައި ޖަހާފަައިވާ 112 ނަންބަރަށް ގުޅާފަ އެވެ. ޖޯޝް ގުޅައިގެން ދެއްކި ވާހަކައިގެ އޯޑިއޯ ރިކޯޑް ފުލުހުން ހިއްސާކޮށްފައި ވާއިރު އެ އޯޑިއޯއިން އެންމެ ފުރަތަމަ އިވެނީ ހަލޯ ބުނާ އަޑެވެ. 

ޖޯޝް ކައިރީ މަންމަ ކޮބާތޯ އެހުމުން މަންމަ ވަރަށް ބަލި ކަމަށާއި މަންމަ އޮތީ ކާރުތައް ކައިރީ ވެއްޓިފައި ކަމަށް ބުނެ އެވެ. ދައްތަ އެއް ނުވަތަ ބޭބެއެއް އެބައުޅޭތޯ އެހުމުން ޖޯޝް ބުނެފައި ވަނީ "ބޭބީ ބޯއީ" އޮތީ މަންމަގެ ގައިމަތީގައި ނިދާފައި ކަމަށެވެ.

އެއާއެކު ފުލުހުންނާއި އަވަސް ފަރުވާދޭ ޓީމް ވަނީ އެ ގެޔަށް ގޮސް ލިސާއަށް ފަރުވާ ދޭން ފަށާފަ އެވެ. ލިސާ ބުނީ އޭނަ ހޭ އެރުމުން އެމީހުން ކަންވީ ގޮތް ކިޔައިދިން ކަމަށެވެ.

ލިސާ ބުނީ 112 އަކީ އެމެޖެންސީ ނަންބަރެއްކަން އޭނައަށް ވެސް ނޭނގޭ ކަމަށެވެ. އެ ސަރަހައްދުގައި އެމެޖެންސީ ނަންބަރަކަށް އާއްމުކޮށް ބޭނުން ކުރަނީ 999 އެވެ. 

އެހެންކަމުން 112 އަކީ އިންޓަނޭޝަނަލް އެހެން ނަމަވެސް އެފަދަ އަވަސް ފަރުވާއަކަށް އެދެވޭނެ ހިދުމަތެއްކަން އެނގިފައި ވަނީ އެ ހާދިސާގެ ފަހުން ކަމަށް ލިސާ ކިޔާދިނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް