އިންސްޓަގްރާމުގައި ކާޑީބީ ބުނީ "ރީބޮކް އެކްސް ކާޑީ ފުޓްވެއާ ކަލެކްޝަން" ރަސްމީކޮށް ލޯންޗު ކުރީ އުފަންދުވަހާ ދިމާކޮށް ކަމަށެވެ.
ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ލަވަކިޔުންތެރިޔާ ވަނީ އެ ކަލެކްޝަނުން ދެ އުފެއްދުމެއް އިއްޔެ ރިލީޒްކޮށްފަ އެވެ. އޭނާ ބުނީ އެއީ ފޭނުންނަށް ދޭ އުފަން ދުވަހުގެ ހަދިޔާއެއް ކަމަށެވެ.
ރީބޮކް އެކްސް ކާޑީބީ ސްނީކާޒް ބޫޓެއް--
ކާޑީބީ އިތުރަށް ބުނީ އެ ކަލެކްޝަންގެ އެހެން އުފެއްދުންތައް ނެރޭނީ ނޮވެމްބަރު 13 ގައި ކަމަށެވެ.
އެ ކަލެކްޝަނުގައި ހިމެނޭ ސްނީކާޒް ބޫޓުތައް ބޮޑެތި މީހުންނާއި ކުޑަކުދިންގެ އެކި ސައިޒުތަކުން 50 ޑޮލަރާއި 100 ޑޮލަރާ ދެމެދުގެ އަގެއްގައި ރީބޮކްގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެ ބޫޓުތައް ޑިޒައިންކޮށްފައި ވަނީ ކާޑީބީ އަމިއްލައަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.