ads
ވިލިމާލެ--ފޮޓޯ:މޯލްޑިވްސް ޓްޑޭ
ވިލިމާލޭގައި ގަސް އިންދުމާއި އެހެނިހެން މަސައްކަތްތަކަށް ބޭނުންކުރެވޭނެ ބިން ހަމަޖައްސަނީ!
ވިލިމާލޭގައި ގަސް އިންދުމާއި މުހިންމު އެހެނިހެން މަސައްކަތްތަކަށް ބޭނުންކުރެވޭނެ ބިން ހަމަޖައްސަން މަސައްކަތްކުރަމުން އަންނަ ކަމަށް މާލޭ ސިިޓީ ކައުންސިލުން ބުނެފި އެވެ.

މޭޔަރު ޝިފާ ސޮއިކުރައްވާ މާލޭ ސިޓީ ކައުންސިލުންް ނެރުނު ބަޔާނުގައި ބުނީ ވިލިމާލޭގައި ގަސްއިންދުމާއި މުހިންމު އެހެނިހެން ބޭނުންތަކަށް ރައްޔިތުންނަށް ބޭނުންކުރެވޭނެ ބިން ހަމަޖައްސަން މަސައްކަތްކުރަމުން އަންނަ ކަމަށާއި މާލެ އާއި ވިލިމާލެ ގުޅާލެވޭ ބުރިޖުގެ ބައެއް ވިލިމާލެއަށް އަންނާތީ ބިން ބޭނުންކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލެވުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ޖަހާފައި ހުރި ބިއްގަނޑުތަކާއި، ހުއްދަ ނެތި ގަސްތައް ހައްދަމުން ދިޔުމުގެ ސަބަބުން ވިލިމާލޭގެ ގިނަ ފަރާތްތަކުން ކަންބޮޑުވުންތައް ފާޅުކުރަމުންދާ ކަމަށާއި ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމަށް މި ކަންބޮޑުވުންތައް ހުށަހަޅުއްވާފައިވާ ކަމަށް ބަޔާނުގައި ބުނެ އެވެ.

ފަހަކަށް އައިސް އެކި ސަރަހައްދު ތަކުގައި ހުރި ހުސްބިންތަކުގައި ހުއްދަ ނުނަގައި އަމިއްލަ ފަރާތްތަކުންނާއި މުއައްސަސާތަކުން ބިއްގަނޑު ޖަހައިފައިވާކަން ފާހަގަކޮށް ބަޔާނުގައި ވަނީ ބިންގަނޑުތައް ޖަހާފައި ވަނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިންތޯ ބެލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

އަދި ކައުންސިލުން މިފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ފިތުނަ ފަސާދަ އުފެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުން ދާތީ ހިތާމަކުރާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. އަދި ވިލިމާލެ ހިތްފަސޭހަ ރަށެއްގެ ގޮތުގައި ބޭއްވުމަށް ކައުންސިލުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް