ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިއީ ވެރިކަމުގެ ނިޒާމަށް ބަދަލުގެނައުމަށް ވާހަކަ ދައްކަންވީ ވަގުތެއް ނޫން: ރައީސް ނަޝީދު
މިއީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ބަހުސް ކުރަންވީ ވަގުތު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ޤާނޫނުއަސާސީއަށް ދެ އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ. 

އެގޮތުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ޖޭއެސްސީގެ ބާބަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ކަމަށާއި އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލުގެނައުމަކީ އެމަނިކުފާނު އަބަދުވެސް ދައްކާ ވާހަކައެއް ކަމަށެވެ. އެހެން ނަމަވެސް ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ހުށަހަޅާފައި ވަނީ އެބާވަތުގެ ބަދަލެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މިއީ އެފަދަކަމަކަށް ބަހުސް ހިންގަންވީ ވަގުތެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

"އެހެން ނަމަވެސް އަޅުގަނޑުގެ އަތް ވަނީ ބަނދެވިފައި. މިތަނުގެ ގަވައިދު ބުނާގޮތަށް އަޅުގަނޑު އަމަލު ކުރާންޖެހޭ."

ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން މަޖިލީހުގެ ގަވައިދު ބުނާގޮތަށް ފުރަތަަމަ ކިޔުން އިއްވޭނެކަމަށެެވެ. އަދި އެކަންކަން ކުރިއަށްގެންދިއުމާއި މެދު ގޮތެއް ނިންމާނީ މަޖިލީހުގެ މެމްބަރުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް