ads
ރައީސް މުއިއްޒު ބުޅާ ފެސިލިޓީ "އޮޅު ހިޔާ" ހުޅުވައިދެއްވަނީ
ބުޅާ ފެސިލިޓީ އަޅަން ދިޔަ ހަރަދު ކައުންސިލުން ހޯދަން
ހުޅުމާލޭގައި އެޅި ބުޅާ ފެސިލިޓީ އެޅުމަށް ކައުންސިލުން ކުރި ހަރަދު ހޯދާގޮތަށް އެތަން އެނިމަލް މިނިސްޓްރީއާ ހަވާކުރަން މާލޭ ސިޓީ ކައުސިލުން ނިންމައިފިއެވެ.
Advertisement

މާލޭ މަގުތަކުގައި އުޅޭ ބުޅާތައް ނަގައިގެން ގެންދިޔުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރި ބުޅާ ފެސިލިޓީ "އޮޅުހިޔާ" ހުޅުވީ މިމަހުގެ 2 ވަނދުވަހުއެވެ. އަދި މާލޭގެ މަގުތަކުން މިއަދު ބުޅާތަން ނަގަން ސިޓީ ކައުންސިލުން އޮތީ ނިންމާފައެވެ. 

އެހެންނަމަވެސް އެތަނުގައި ފުރިހަމަ ކުރަންޖެހޭ ގިނަ ކަންތައްތަކެއް އަދި ނުނިމި ހުރިކަމަށައި އެތަނަށް މިވަގުތު ބުޅާ ގެންދިއުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ބުނެ އެތަން ސަރުކާރާއި ހަވާލުކުރުމަށް ސިތީ ކައުންސިލަށް ވަނީ އަންގާފައެވެ. 

މާލެ ސިޓީ ކައުންސިލުގެ މިއަދުގެ އާންމު ޖަލްސާގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރުމަށް އަންގާ އިއްޔެ ސިޓީ ފޮނުވާފައިވާކަމަށެވެ. އަދި އެކަމާއި ގުޅާ މަޝްވަރާތަކަށް މިނިސްޓްރީން ދައުވަތު ދީފައިވާކަމަށާއި އެ ނިންމުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނިންމުމަކަށް ވާތީ އެކަމަށް އިހުތިރާމް ކުރުމުގެ މަޝްވަރާތަކަށް ދާނެކަަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. ސަބަބެއްކަމަށް ވިދާޅުވީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވުންކަމަށް އާޒިމް ވިދާޅުވިއެވެ. 

އާޒިމް ވިދާޅުވީ ކައުންސިލްގެ ހަރަދުގައި ތަނުގެ މުވައްޒަފުންގެ ބުރަ މަސައްކަތު ހެދިތަން ސަރުކާރުން އަތުލަން ނިންމީ އެތަނަށް ބުޅާތައް ގެންދަން ތައްޔާރުވެފައި ވަނިކޮށްކަމަށެވެ. 

" ކުރި ހަރަދު ވެސް އަޅުގަނޑުމެންނަށް ލިބެން އެބަޖެހޭ. އެއީ މިތަނުގެ ބަޖެޓުން އެކަން ކުރީ. އެއްވެސް ބަޖެޓެއް މިތަނަކަށް ނުލިބޭ އެކަން ކުރާކަށް. ފުލީ، މިތާ ބަޖެޓުން ހުރިހާ ކަމެއް ކުރީ މިތާ މުވައްޒަފުން ހުރިހާ ކަމެއް ކުރީ. ފެސިލިޓީ ރެޑީކޮށްފައި ހުރީ. މިހާރު ބުޅާ ގެންދެވޭނެ. މިހާރު އެތާ ބުޅާ ބޭތިއްބޭނެ." މޭޔަރު އާޒިމް ވިދާޅުވިއެވެ.

މި ވާހަތަކާއި ގުޅިގެން މެމްބަރުން ވަނީ ބުޅާ ފެސިލިޓީ ސަރުކާރާއި ހަވާލުކުރާނަމަ އެތަނަށް ކައުންސިލުން ކުރި ހަރަދު ހޯދުމަށް އެއްބަސްވުމުން ނޫނީ ތަން ހަވާލު ނުކުރުމަށެވެ. އަދި އެތަނަށް ބުޅާތައް ގެންދަން ފަށާނެ ދުވަހެއް ޔަގީންކުރަންވެސް މެމްބަރުން ވަނީ އެދިފައެވެ. 

ތަނަށް ދިޔަ ހަރަދު ހޯދަން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ ޖަލްސާގައި ހުށައަޅާފައެވެ. މި ހުށައެޅުން ހުރިހާ މެމްބަރުންހެ ތާއިދާއެކު ވަނީ ފާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް