މެންޗެސްޓަ ސިޓީގެ ޑިބްރޭނާއަށް އަނިޔާވީ އާދިއްތަ ދުވަހު އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ކެޕްޓަންކަން ޑިބްރޭނާ ކުރި އިރު، ބެލްޖިއަމުން ގޯލެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މޮޅުވީ އިންގްލެންޑެވެ. އެ މެޗުގެ ފަހު ވަގުތު އަނިޔާގެ ސަބަނުން ޑިބްރޭނާ ވަނީ ބާލާފަ އެވެ.
އަނިޔާގެ ސަބަބުން ޑިބްރޭނާ ސްކޮޑުން ވަކިވެ، އެނބުރި މެންޗެސްޓަ ސިޓީއަށް ގޮސްފައިވާކަން ބެލްޖިއަމުން ވަނީ ކަށަރަވުކޮށްދީފަ އެވެ. ޑިބްރޭނާގެ އިތުރުން މެންޗެސްޓަ ސިޓީއަށް ކުޅޭ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިން ވެސް ވަނީ ގައުމީ ސްކޮޑުން ވަކިވެފަ އެވެ.