ads
އިހަވަންދޫގައި އަލަށް ހަދާ ފެނަކަ އޮފީސް އިމާރާތުގެ ބިންގާ އެޅަނީ--- ފޮޓޯ: ފެނަކަ
އިހަވަންދޫގައި އަލަށް އިމާރަތްކުރާ ފެނަކައިގެ އާ އޮފީސް އިމާރާތުގެ ބިންގާއަޅައިފި
ހއ. އިވަންދޫގައި އަލަށް އިމާރާތްކުރާ ފެނަކައިގެ އޮފީސް އިމާރާތުގެ ބިންގާއަޅައިފި އެވެ.

އިހަވަންދޫގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އޮފީހުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.

އިހަވަންދޫގައި އިމާރާތް ކުރާ ފެނަކައިގެ އާ އޮފީހަކީ ދެ ބުރިއަށް ހަދާ އިމާރާތަކެވެ. އެއިމާރާތުގައި މީޓިން ރޫމަކާއި ރިސެޕްޝަނެއް ހިމެނޭއިރު ރެސްޓް ރޫމަކާއި ލޮބީ އޭރިއާއެއްގެ އިތުރުން ޓެރެސްއެއް ވެސް ހިމެނެއެވެ.

މި އިމާރާތުގައި 40 އަށްވުރެ ގިނަ މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެކަމަށް ފެނަކައިން ބުނެއެވެ.

your imageއިހަވަންދޫގައި އަލަށް ހަދާ ފެނަކަ އޮފީސް އިމާރާތުގެ ބިންގާ އެޅަނީ--- ފޮޓޯ: ފެނަކަ

އެއިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އޯޝަން ގޭޓް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދެވެ. އަދި އޯޝަން ގޭޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުސްތަފާ އެވެ.

މިމަހުގެ 21 ވަނަ ދުވަހު އެ އިމާރާތުގެ މަަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު އަންނަ އަހަރުގެ ޖުލައި އަށް ވަނަ ދުވަހަށް އެ މަސައްކަތް ނިންމާލުމަށް އެއްބަސްވެވިފައިވެއެވެ. އެ މަސައްކަތައް ހޭދަވާނެ ކަމަށް ލަފާކޮށްފައިވަނީ 260 ދުވަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް