ads
ޝާހު މާހިރު--
ހެކިނެތިގެން ޝާހު މާހިރުގެ މައްޗަށް ދައުވާއެއް ނުކުރޭ
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގަންނަން ކުންފުނިތަކާއި ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ނުފޫޒުބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި އެކޮމިޓީގެ މެމްބަރު ޝާހު މާހިރުގެ މައްޗަށް ދަައުވާނުކުރަން ނިންމައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ނިންމި ގޮތުގެ ލިޔުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ޝާހުއާ ވަނީ ހަވާލުކޮށްފަ އެވެ. 

އެ ލިޔުމުގައި ބުނީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން އެއްބަސްވުންތަކުގެ މުއްދަތު އިތުރުކުރުމަށް ނިންމުމުގައި ރިއާޔަތްކޮށްފައިވާ ސަބަބުތައްކަމަށް މުއްދަތު އިތުރުކުރުމަށް ނިންމި ނިންމުންތަކުގައިވާ ސަބަބުތަކަކީ އެހާލަތަށް އެކަށީގެންވާ ސަބަބުތަކެއް ކަމަށް ތަހުގީގަށް ފެންނަ ކަމަށެވެ. 

އޭގެ އިތުރުން، އެއްބަސްވުންތަކުގައި ސޮއިކުރިއިރު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިނުވި ނަމަވެސް، މުއްދަތު އިތުރުކުރުމަށް ނިންމިއިރު ދިވެހިރާއްޖޭގެ ބޯޑަރުވަނީ ބަންދުކޮށްފައިކަމާއި، ހެލްތު މިނިސްޓްރީން އެ ދުވަސްވަރު ކުރިއަށް ގެންދިޔަ ވަރަށް ގިނަ ޕްރޮކިއުމެންޓްތަކާ ގުޅިގެން މުއްދަތު އިތުރުކޮށްދީފައިވާކަން ތަހުގީގަށް ފާހަގަވާ ކަމަށެވެ. 

އެހެންކަމުން، އޭސީސީން ފޮނުވި ލިޔުމުގައި ވަނީ ޝާހުގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެން ނުވާކަމަށް ކަނޑައަޅާ ކަމަށެވެ. 

ކޮވިޑާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކާއި ގުޅިގެން އޮޑިޓާ ޖެނަރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓާއެކު ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ބުނެ އަޑުތައް އަރައިގެން ދިއުމާއެކު ޝާހު ވަނީ ދުބާއީގެ ކުންފުންޏަށް ވެންޓިލޭޓަރު ދިނުމަށް އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ނުކުރާ ކަމަށާއި ލިޔެކިޔުންތަކުން އެކަން އެނގޭނެ ކަމަށް ވިދާޅުވެފަ އެވެ. 

އެ މައްސަލައާ ގުޅިގެން މިއަދު އޭސީސީން ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް