ads
ސުޝާންތު އަދި ސުވެތާ--
ސުޝާންތުގެ ދައްތަ ކުއްލިއަކަށް ސޯޝަލް މީޑިއާ އެކައުންޓުތައް ޑިލީޓްކުރި ސަބަބު ކިޔައިދީފި
ސުޝާންތުގެ މަރަށް އިއްޔެ ހަތަރު މަސް ފުރުމާ ގުޅިގެން ޝްވެތާ ވަނީ ސުޝާންތުގެ ވީޑިއޯއެއް އިންސްޓްގަރާމްގައި ހިއްސާކޮށްފައެވެ. އެޔަށްފަހު އޭނަ ވަނީ އިންސްޓަގްރާމް އަދި ޓްވިޓާ އެކައުންޓު ޑިލީޓު ކޮށްލައިފައެވެ.
Advertisement

ސުޝާންތުގެ މަރާއި ގުޅިގެން އެ މަރަކީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ބުނެ އެ މަރަށް އިންސާފް ހޯދުމަށްޓަކައި ޖޫން 14 ވަނަ ދުވަހުން ފެށިގެން ކެނޑިނޭޅި މީސްމީޑިއާގައި އަޑުއުފުލަމުން ދިޔުމަށްފަހު ކުއްލިއަކަށް އޭނަގެ އެކައުންޓް ޑިލީޓްކޮށްލުމުން ގިނަ ބަޔަކު ދިޔައީ އެކަމާއި ސުވާލު އުފައްދަމުންނެވެ.

އާއްމުން އެކަމާއި ސޯޝަލް މީޑިއާގައި ކަންބޮޑުވުންތަކާއި ސުވާލުތައް އުފައްދަމުން ދަނިކޮށް މިއަދު ވަނީ އަނެއްކާވެސް އޭނަ ޓްވިޓާ އެކައުންޓް އެކްޓިވޭޓްކޮށް ކުއްލިއަކަށް އެކައުންޓް ޑިލީޓް ކުރަން ޖެހުނު ސަބަބު ކިޔާދީފައެވެ.

ޝުވެތާ ބުނީ އޭނަ ސުޝަންތުގެ ވީޑިއޯ އާއްމުކުރި ފަހުން އޭނަގެ އެކައުންޓުން ގިނަ އަދަދެއްގެ ލޮގިން އެކްޓިވިޓީސްތަކެއް ކުއްލިއަކަށް އަންނަން ފެށި ކަމަށާއި އޭނަގެ އެކައުންޓަށް ތަކުރާރުކޮށް ލޮގިން ވާން ބަޔަކު މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. އެހެންކަމުން އެކައުންޓް ޑިލީޓްކޮށްލަން ޖެހުނީ ކަމަށް އޭނަ ބުނެފައި ވެއެވެ.

ސުޝާންތުގެ މަރުގައި ގިނަ ފުށޫއެރުންތަކެއް ހުރި ކަމަށާއި އެކަން ރަނގަޅަށް ބަލައި ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް ޝުވެތާ ދަނީ ފެށުނީއްސުރެ ގޮވާލަމުންނެވެ. 

އެހެންނަމަވެސް މިފަހުން އެ މަރު އަލުން ތަހުގީގް ކުރުމުގައި ހަރަކާތްތެރިވި ސީބީއައި އިން ވަނީ ސުޝާންތު މަރުވެފައި ވަނީ އަމިއްލައަށް ކަމަށް ނިންމާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް