ފޭނުންނަށް ޔަގީންކަން ދިނުމަށް ސަންޖޭ ދާދި ފަހުން އާއްމު ކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ ކެންސަރުން ރަނގަޅު ވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
އޭގެ އިތުރުން އަންނަ ނޮވެމްބަރު މަހު ކޭޖީއެފްގެ ޝޫޓިން ފަށާނެ ކަމަށް ވެސް ސަންޖޭ ވަނީ ބުނެފަ އެވެ. މިއީ ސަންޖޭގެ ސިއްހަތާ މެދު ކަންބޮޑުވެފައި ތިބި ފޭނުންނަށް ރަނގަޅު ހަބަރަކަށް ވާނެ އެވެ.
އެ ފިލްމުގެ ޕްރޮޑިއުސަރު ވެސް މިދިޔަ ހަފްތާގައި ބުނީ ޝޫޓިން އަލުން ފަށާފައިވާ ކަމަށެވެ. ޕްރަޝާންތު ނީލް ޑައިރެކްޓު ކުރާ ފިލްމުގެ ބަތަލާއަކީ ސްރީނިދީ ޝެޓީ އެވެ.
ސަންޖޭ ދަތުގެ އިތުރުން ރަވީނާ ޓަންޑޮން ވެސް އެ ފިލްމުގައި އުޅެ އެވެ. ސަންޖޭ ފެންނަ ޕޯސްޓަރު އާއްމު ކުރުމުން ފޭނުންގެ ބޮޑު ތަރުހީބެއް ކުރިން ލިބުނެވެ.
ގިނަ ފޭނުން ބުނެފައި ވަނީ އެ ފިލްމު ބަލާލުމަށް ކެތްމަދުވެފައިވާ ކަމަށެވެ.