ads
އިންޑިއާގެ ފޮރިން ސެކްރެޓަރީ--
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަންނަވަނީ
އަވަށްޓެރި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ އަންނަ މަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑީއާތަކުން ރިޕޯޓްކޮށްފި އެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. 

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައި އޮތް އުތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އަދި ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް އަންނަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ވަޑައިގެންފައިވެ އެވެ. އަދި ކޮވިޑް-19 ގެ ހާލަތުގައި ވެސް އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް އިސްކަން ދީގެން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. 

ހަމައެއާއި އެކު، މިދަނޑިވަޅަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގިނަވާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ "އިންޑިއާ އައުޓް" ހަރަކާތެއް ހިންގަމުންނެވެ. އަދި އިދިކޮޅުން އަންނަނީ އިންޑިއާ އާއި އެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަަށް ގޮވާލަމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް