ads
ސައިފް އާއި ކަރީނާ، އެމީހުންގެ ދަރިފުޅާއެކު--
ސައިފް އާއި ކަރީނާގެ ކާމިޔާބު ކައިވެނީގެ ސިއްރު މިއޮތީ!
ބަތަލާ ކަރީނާ ކަޕޫރާއި ސައިފް އަލީ ހާން ކައިވެންޏަށް އިއްޔެ މިވަނީ އަށް އަހަރު ފުރިފަ އެވެ.

ކައިވެންޏަށް އަށް އަހަރުވުމާއެކު ކަރީނާ އިއްޔެ ވަނީ އަސަރުގަދަ ޕޯސްޓެއް ވެސް ކޮށްފަ އެވެ. ސައިފްއާއެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކުރަމުން އިންސްޓަގްރާމު މެދުވެރިކޮށް ކުރި އެ ޕޯސްޓުގައި ވަނީ ދެމީހުންނަށް ވެސް ސްޕެގެޓީ އާއި ވައިން ވަރަށް ކަމުދާ ކަމަށާއި އަދި ދެމީހުން އުޅެމުން އަންނަނީ ވަރަށް އުފަލުގައި ކަމަށެވެ. އަދި އުފާވެރި ކައިވެންޏެއްގެ ސިއްރަކީ އެއީ ކަމަށް ވެސް ބުންޏެވެ.

އެގޮތުން ދެ މީހުންނަށް އެކައްޗެއް ކަމުދިޔުމަކީ އުފާވެރި ކައިވެންޏެއްގެ ތަޅުދަނޑި ކަމަށް ކަރީނާ ސިފަކުރިއިރު މީގެ ކުރިން އިންޓަވިއުއެއްގައި ކަރީނާ ވަނީ އޭނާއާއި ސައިފް ކައިވެނިކުރުމަށް ގިނަ ބަޔަކު ނުރުހުންކަން ފާހަގަކޮށްފަ އެވެ. އެގޮތަށް ނުރުހުނީ ދެމީހުންގެ މެދުގައިވާ އުމުރުގެ ފަރަގުގެ އިތުރުން ސައިފަކީ ކުރިން ކައިވެންޏެއްކޮށް ދެ ދަރިން ހުރި މީހަކަށް ވުމުން ކަމަށް ވެސް ބުންޏެވެ. 

އެކަމަކު 2012 ގައި މި ދެތަރިން ކައިވެނިކުރިއިރު އެމީހުންގެ ކައިވެންޏަށް 2016 ގައި ވަނީ ތައިމޫރު ލިބިފަ އެވެ. އަދި މިހާރު ކަރީނާ އިނީ އެމީހުންގެ ދެވަނަ ދަރިއަށް ބަލިވެ އެވެ.

64%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް