ads
އައްޑޫސިޓީ ފޭދޫ ސްވިމިންގް ޓްރެކް--
އައްޑޫގެ ތަރައްގީ ހުއްޓުމެއް ނެތި ބާރަށް ކުރިއަށް!
ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގައި ވަކި ރަށްރަށަށް އިސްކަންދެވޭ ވާހަކައަކީ އަބަދުވެސް ގިނަ ރައްޔިތުންގެ ޝަކުވާއަކަށް އޮތީވެފަ އެވެ. ރަށްރަށުގެ ތަރައްގީއަށް އާދޭސްކުރަންޖެހިފައި އޮތް ސަގާފަތައް ނިމުމެއް ގެނެސް ހައްގުމިންވަރު ހޯދުމަށް ރައްޔިތުން ފެށި މަސައްކަތް އަދި ނުނިމެއެވެ. ރައްޔިތުންނަށް ބޭނުންވާނެ ތަރައްގީ އެރައްޔިތުންނާ ގާތުން ގެނައުމަށް މަގުފަހި ކުރުމަށް އަދި ތަރައްގީގެ މަޝްރޫއުތައް ޔަގީންކޮށް ދިނުމަށް އެމްޑީޕީގެ ސަރުކާރުތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. ހާއްސަކޮށް އަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަނަވަނީ ވަރުބަލިކަމެއް ނެތި އެ މަސައްކަތްކުރައްވަމުންނެވެ.

ރާއްޖޭގައި އަބަދުވެސް ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް އިސްކަން ދެވިފައިއޮތީ މާލެ ސަރަހައްދަށެވެ. އެކަމަށް ނިމުމެއް ގެނެސްދިނީ އެމްޑީޕީގެ ވެރިކަމުގަ އެވެ. އެކަން އެންމެ ބޮޑަށް ފާހަގަވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ތަރައްގީގެ ބޮޑެތި ގިނަ މަޝްރޫއުތަކުން އައްޑޫ ބާކީ ކުރެވިފައި އޮތްއޮތުން ނިމުމަކަށް ގެނެސް ސިޓީއެއްގެ ލަގަބުދެވި ތަރައްގީގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެންދިޔަ އެވެ. އޭގެފަހުން އެވެރިކަން ނިމުމަކަށް އައިސް ކުރިން އޮތް ގޮތަށް ކަންކަން އިއާދަވި އެވެ. ގްރޭޓާ މާލެ ސަރަހައްދަށް ތަރައްގީގެ އަމާޒު ބަދަލުކޮށް އައްޑޫސިޓީ ފަދަ ތަންތަނުގައި ކުރިއަށްދިޔަ މަޝްރޫއުތައް ހުއްޓުމަކަށް ގެނައެވެ. 

ރައްޔިތުންގެ ވިންދާއި އެއްގޮތަށް 2018 ގައި ނިިންމި ނިންމުމާއި އެކު ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ މަސައްކަތްޕުޅު ފެއްޓެވީ މުޅި ރާއްޖެ ތަރައްގީ ކުރުމަށެވެ. ބޮޑެއް ކުޑައެއް ނުބަލާ ހުރިހާ ރަށަކަށްވެސް ބޭނުންޖެހިފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދެވުމަށެވެ. ކޮވިޑް-19 ގެ މިހާލަތުގައި ވެސް ހުއްޓުމެއްނެތި ސަރުކާރުން އަންނަނީ އެ މަސައްކަތް ކުރައްވަމުންނެވެ. 

އޭގެ ތެރެއިން ވެސް އައްޑޫސިޓީ ފާހަގަކޮށްލަންޖެހެނީ، އެސިޓީއަކީ އެމްޑީޕީގެ ވެރިކަންތަކާ އަބަދުމެ ގުޅިލާމެހިފައިވާ ސިޓީއަކަށް ވީތީ އެވެ. އައްޑޫސިޓީގެ އެކި ރަށްރަށުގައި މިވަގުތު ބޮޑެތި ގިނަ މަޝްރޫއުތަކެއް އެބަކުރިއަށްދެ އެވެ. ގާތްގަނޑަކަށް 147.1 މިލިއަން ޑޮލަރުގެ މަޝްރޫއުތައް އެސިޓީގެ އެކި ރަށްރަށުގައި ކުރިއަށް އެބަދެއެވެ. 

އެގޮތުން 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އައްޑޫސިޓީގައި މިވަގުތުވެސް ކުރިއަށް އެބަދެ އެވެ. އެއީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ މީދޫ ހިމެނޭ ގޮތަށެވެ. 

އައްޑޫސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ނުކުރެވި ހުރިކަމުގެ ކަންބޮޑުވުމަކީ އަބަދުވެސް އެސިޓީގެ ރައްޔިތުން ކުރަމުން އަންނަ ޝަކުވާއެކެވެ. އެކަމަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން އަންނަނި 39.6 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތްވެސް އައްޑޫސިޓީގައި ކުރަމުންނެވެ. މީގެތެރޭގައި މަގުބައްތި އާއި ސީސީޓީވީ ހަރުކުރުންވެސް ހިމެނެއެވެ. އަދި ހަމަ އޭގެއިތުރުން ހިތަދޫ އާއި މަރަދޫ ގުޅުވައިދޭ 1.5 ކިލޯމީޓަރުގެ ހަތަރު ލޭނުގެ ލިންކްރޯޑްގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. 

ވިއްސާރައިގައި އައްޑޫސިޓީގައި އަބަދުވެސް ފެންބޮޑުވާ ކަމުގެ ޝަކުވާއަކީ ރައްޔިތުން ކުރަމުން އަންނަ ޝަކުވާއަކަށްވީއިރު، އެކަމަށްވެސް ރަނގަޅު ހައްލެއް ހޯދައިދިނުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. އެގޮތުން އައްޑޫސިޓީގެ ހުރިހާ ރަށެއްގައިވެސް ސްޓޯމްވޯޓާ ޑްރައިނޭޖް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތްދަނީ ކުރިއަށެވެ. ރައްޔިތުންގެ އުނދަގޫތަކަށް ނިމުމެއް ގެނެސްދިނުމަކީ މިފަދަ ތަރައްގީގެ މަޝްރޫއުތައް ނޫންތޯއެވެ. 

މިއީ މިވަގުތު އައްޑޫސިޓީގައި ހިނގާ ބައެއް ފާހަގަކޮށްލެވޭ މަޝްރޫއުތައް ނަމަވެސް، އިތުރު މަސައްކަތްތައް ވެސް ކުރިއަށްދާކަން އެއީ އެސިޓީގެ ރައްޔިތުން އުފަލާއި އެކު ފާހަގަކުރާ ކަންކަމެވެ. އިނގޭކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެއްވެސް ރަށެއް ބާކީ ކުރުމެއްނެތި ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ބާރަށް ކުރިއަށްގެންދަވާކަމެވެ. 

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް