އިއުލާނުގައިވާ ގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފު ކުރުމަށް ފަހު އީމެއިލް މެދުވެރިކޮށް ނުވަތަ ބެންކަށް ގޮސް އަންދާސީ ހިސާބު ހުށަހަޅަން ޖެހެ އެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 4 އެވެ.
ރީޔޫޒަބަލް ނުވަތަ ގިނަ ފަހަރު ބޭނުން ކުރެވޭ ބިއްލޫރި ފުޅި ހޯދަން ބީއެމްއެލުން އިއުލާނު ކުރިއިރު، މިހާރު ވެސް އެ ބޭންކުން ބޭނުން ކުރަނީ ތިމާވެއްޓާ ރައްޓެހި ބިއްލޫރި ފުޅި އެވެ.
އޭގެ އިތުރުން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ށ. ފޭދޫގައި ހިންގި މަޝްރޫއެއްގައި ވަނީ އެ ރަށަށް 1،000 ބިއްލޫރި ފުޅި ބަހާފަ އެވެ.