ads
ވަރުން އާއި ނަތާޝާ--
ވަރުންގެ ޗުއްޓީ ރާއްޖޭގައި، ނަތާޝާގެ ފޮޓޯއެއް ނެތް
ބޮލީވުޑުގެ ޒުވާން ތަރި، ވަރުން ދަވަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އުމުރުން 33 އަހަރުގެ ވަރުން ޗުއްޓީ ހޭދަކުރަމުންދަނީ ސޮނެވާފުށީގަ އެވެ. އިންސްޓަގްރާމު މެދުވެރިކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަން ވަރުން ހިއްސާކުރި ނަމަވެސް އޭނާއާއެކު ރާއްޖޭގައި ލޯބިވެރިޔާ ނަތާޝާ ދަލާލް އުޅޭކަން ސާފެއް ނުވެ އެވެ. 

ނަތާޝާއާއެކު ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފައެއް ނުވެ އެވެ.  

އެކަމަކު މީގެ ކުރިން ވެސް ވަރުން ވަނީ ނަތާޝާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އެފަހަރު ވެސް ދެތަރިން ފުރަތަމަ އުޅުނީ ވަރަށް ސިއްރުން ނަމަވެސް ނޫސްތަކަށް އެކަން އެެރި އެވެ. 

ވަރުންނާއި ނަތާޝާ ރައްޓެހިވެގެން އުޅޭތާ މިހާރު ގިނަ އަހަރުތަކެއްވެފައިވާއިރު އެމީހުން މިއަހަރު ކައިވެނިކުރާނެ ކަމަށް ކޮވިޑްގެ ކުރިން އަޑުތައް އެރި އެވެ.

ވަރުން ރާއްޖެއަށް ޗުއްޓީއަށް އައިއިރު މިފަހުން ބަތަލާ ތާޕްސީ ޕަންނޫ އާއި މޯނީ ރޯއީ އަދި މަންދީރާ ބޭޑީ ފަދަ ތަރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެެ.

ވަރުން އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ ރޭމޯ ޑި ސޫޒާގެ "ސްޓްރީޓް ޑާންސާ 3ޑީ" އިން ޝްރައްދާ ކަޕޫރާއެކު އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ކޫލީ ނަމްބަރު ވަން އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް