ads
ރައީސް ސޯލިހު---
ގައުމީ ދުވަހު ރައީސް ގައުމާ މުހާތަބުކުރައްވަނީ
ގައުމީ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގައުމާ މުހާތަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ރައީސް ގައުމާ މުހާތަބު ކުރައްވާނީ ގައުމީ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ. 

ގައުމީ ދުވަސް ފާހަގަކުރަނީ ރަބީޢުލްއައްވަލު މަހުގެ އެއްވަނަ ދުވަހެވެ. 

ގައުމީ ދުވަހެއް ފާހަގަކުރަމުންދަނީ ބޮޑުތަކުރުފާނު، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ގައުމީ ދުވަހު ރައީސް ގައުމާ މުހާތަބުކުރައްވަން ހަމަޖެހިފައިވާއިރު އެ ދުވަސް ފާހަގަކުރުމަށް ހޯމް މިނިސްޓްރީގެ ފަރާތުން ވަނީ ހަރަކާތްތަކެއް ވެސް ރާވާފަ އެވެ. އެގޮތުން ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މިރޭ ފަތިހު 5:45 ގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެކި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައި ވަނީ ބޮޑުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް