ads
ޖަރުމަންވިލާތުގެ ޗާންސެލާ އެންޖެލާ މާކަލް. ފޮޓޯ: ހާވާޑް
ކޮންމެ ސިކުންތެއްވެސް މުހިއްމު، ގޭގައި މަޑުކުރޭ: މާކެލް
ވައިރަސް ކޮންޓްރޯލް ކުރުމަށް ކުރެވެން އޮތް މަސައްކަތެއް ކުރަން ޖެހޭ ކަމަށާއި، ކޮންމެ ސިކުންތެއްވެސް މުހިއްމުކަމަށް ޖަރުމަނުވިލާތުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވެއްޖެ އެވެ.

ހަފްތާއަކު އެއްފަހަރު އޮންނަ އޭނާގެ ވީޑިއޯ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން އެންޖެލާ މާކެލް ވަނީ ބޭކާރު ގޮތުގައި ދަތުރުފަތުރު ނުކުރުމަށާއި، ގިނަ ވަގުތު ގޭގައި މަޑުކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ގައިދުރުކަން އިސްކުރުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލައްވައިފަ އެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ޖަރުމަނުވިލާތުގައި ނިސްބަތުން ކޮވިޑް ކޭސްތައް މަދުކަމަށް ވިއަސް، ހަލުވި ދުވެލީގައި ކޭސްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ޖަރުމަންވިލާތުގެ ލީޑަރުންނަށް އެއްބަސްވުމަކަށް އާދެވިފައި ނުވާއިރު، އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހުރި ކޯޓުތަކުން ވަނީ އަޅާފައި ހުރި ފިޔަވަޅުތައް ބާތިލްކޮށްފަ އެވެ.

މިހާތަނަށް 360،000 އަށް ވުރެ ގިނަ މީހުންނަށް ޖަރުމަނުވިލާތުގައި ކޮވިޑް-19 ޖެހިފައިވާ އިރު، 9700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް