ads
ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް
އަނަސްގެ މަރުގެ މައްސަލައިގައި ހޯމަ ދުވަހު އަޑުއެހުމެއް ބާއްވަނީ
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްސަލައެއް ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު 9:00 އަށް ކްރިމިނަލް ކޯޓުގަ އެވެ. 

މާލޭގެ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި އަނަސް ހުއްޓާ ގުރޫޕަކުން ހަމަލާދީ އޭނާ މާރާލީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރެ އެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ.

ދައުވާ ލިބޭ މީހުންގެ ތެރެއިން ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒާއި، ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ އިތުރުން ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އޭގެ އިތުރުން މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާނާއި، މ. ދިމިޝްގު އުސްމާން ޝަރީފްގެ އިތުރުން ޅ. ކުރެންދޫ އަސަރުމާގެ އަހްމަދު ޒަޔާނުގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް