ads
ނެހާ އާއި އަންގަދު--
ކޮވިޑްގެ މިހާލަތުގައި ވެސް ނެހާ ދޫޕިއާ އާއި އަންގަދު ވެސް ރާއްޖޭގައި
އިންޑިއާގެ މަޝްހޫރު ތަރި، ނެހާ ދޫޕިއާ އާއި އޭނާގެ ފިރިމީހާ އަންގެދް ބޭޑީ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ބޮލީވުޑުގެ ތަރިންގެ މެދުގައި ރާއްޖެ މަގްބޫލުވެފައިވާއިރު އިއްޔެ ނޫސްތަކަށް އެރީ ވަރުން ދާވަން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ވާހަކަ އެވެ. އަދި މިފަހުން ތާޕްސީ ޕަންނޫ އާއި މަންދީރާ ބޭޑީ އަދި މޯނީ ރޯއީ ވެސް ރާއްޖެއަށް އަޔެވެ.

މި ހަފުތާގެ ތެރޭގައި އަންގަދު އާއި އޭނާގެ އަނބިމީހާ ނެހާ ރާއްޖެއަށް އައިސްފައިވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުންދަނީ ކޮން ރިސޯޓެއްގައި ކަމެއް ސާފެއް ނުވެ އެވެ. ދަރިފުޅު މެހެރް ވެސް ގޮވައިގެން އެމީހުން ރާއްޖެއަށް އައިއިރު ބަނޑުބޮޑުއިރު ވެސް ނެހާ ވަނީ އަންގަދާއެކު ރާއްޖެއަށް އައިސްފަ އެވެ. އަދި ބަނޑުބޮޑުކަން އިއުލާންކުރީ ވެސް ރާއްޖޭގައި ނަގާފައިވާ ފޮޓޯއަކުންނެވެ. 

ނެހާ އާއި އަންގަދު ކައިވެނިކުރީ މިދިޔަ އަހަރު ވަރަށް ކުއްލި ގޮތަކަށެވެ. 

ބޮލީވުޑުގެ ފިލްމުތަކުންނާއި ޓީވީ ޝޯތަކުން ފެނިގެންގޮސްފައިވާ ނެހާ އަންނަނީ އެމްޓީވީ މަޝްހޫރު ރޯޑީޒްގައި ގޭންގް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. 

އަންގަދަކީ ވެސް ފިލްމު ކުޅޭ މީހެކެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ގުންޖަން ސަކްސޭނާގެ ހަޔާތަށް ނެރުން، "ދަ ކާގިލް ގާލް" އިންނެވެ. އަދި ދަ ޒޯޔާ ފެކްޓާ އާއި ޓައިގާ ޒިންދާ ހޭ އިން ވެސް އަންގަދު ފެނިގެންގޮސްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް