ads
މޮނިކާ އާއި ރިތުވިކް އަދި އާޝާ--
އާޝާ ދޫކޮށް ރިތުވިކް މޮނިކާ ކައިރިއަށް
ގިނަ އަހަރުތަކެއްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ޓީވީ ދެ ތަރިން ކަމަށްވާ، އާޝާ ނެގީ އާއި ރިތުވިކް ދަންޖާނީ ރޫޅިވި ހަބަރުން އެމީހުންގެ ސަޕޯޓަރުން ތިބީ މާޔޫސްވެފަ އެވެ. ދެމީހުން ރުޅިވީ ކައިވެނިކުރާ ހިސާބަށް ދިޔަ ފަހުން ކަމަށް ބުނެ އެވެ.

އެކަމަކު ދެ ތަރިން ވަކިވެފައިވާއިރު މިހާރު އަޑުތައް އަރާ ގޮތަށް ރިތްވިކް މިވަނީ މޫވް އޮންކޮށްފަ އެވެ. އެގޮތުން ހަތްރޯންކޭ ކިލާޅީގެ ކޯސްޓާ މޮނިކާ ދޯގްރާއާ އޭނާގެ މެދުގައި ގުޅުމެއް އޮތް ކަމުގެ އަޑުތައް މިވަނީ އަރާފަ އެވެ.

މީގެ ދެ ތިން ދުވަހެއް ކުރިން މޮނިކާ ވަނީ ރިތުވިކްއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އޭނާއަށް ޝުކުރު އަދާކުރަން ދިގު ޕޯސްޓެއް ވެސް ކޮށްފަ އެވެ. އެގޮތުން އެންމެ އުނދަގޫވި ދަނޑިވަޅުގައި ވެސް ރިތުވިކް އޭނާއާއެކު ހުރުމުން އެކަމަށް ޝުކުރު އަދާކޮށްފައިވެ އެވެ. އަދި ނިންމާލަމުން ވަނީ ވަރަށް ލޯބިވާ ކަމަށް ވެސް ބުނެފަ އެވެ. 

ޕަވިތުރަ ރިޝްތާގައި މަސައްކަތްކޮށް ރިތުވިކް އާއި އާޝާ ރައްޓެހިވިއިރު ހަތް އަހަރު އެކުގައި އުޅުމަށް ފަހު އެމީހުން ވަނީ ވަކިވެފަ އެވެ. އިރެއްގައި އެއީ ޓީވީގެ އެންމެ ލޯބި ޖޯޑުކަމަށް ގިނަ ބަޔަކު ދެކުނަސް ބެލެވޭ ގޮތުގައި އާޝާ ހުރި ގޮތަށް ހުއްޓާ ރިތުވިކް މިވަނީ އާޝާ ދޫކޮށް ދިރިއުޅުމައިގެން ކުރިއަށް ގޮސްފަ އެވެ. އަދި ވަނީ ނަޗްބަލިއޭ ހައެއްގައި ބައިވެރިވެ އެ މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ.  

14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް