ads
ގައުމީ ދުވަހާ ގުޅިގެން ކުރިއަށް ދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތު-- ފޮޓޯ: ރައީސް އޮފީސް
ގައުމީ ދުވަސް ފާހަގަކުރުމަށް މާލޭގައި ދިދަ ނަގައިފި
ގައުމީ ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް މިއަދު ހެނދުނު މާލޭގައި ބާއްވައިފި އެވެ.

މިއަދު ހެނދުނު 06:00 ގައި ޖުމްޖޫރީ މައިދާނުގައި އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޖުމްހޫރީ މައިދާނުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. 

ދިދަ ނެގުމުގެ އިތުރުން ގައުމީ ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކުރުން ވެސް އެ ރަސްމިއްޔާތުގައި ކުރިޔަށް ދިޔަ އެވެ. އެ ދުއާ ކޮށްދެއްވާފައި ވަނީ މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމުގެ އިމާމު ޝެއިހް ނަސްރުﷲ އަލީ އެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވުން ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ އެކެއްގައި ގައުމީ ދުވަހުގެ ގޮތުގަ އެވެ.

މި ދުވަހުން ރަމްޒުކޮށްދެނީ މުހައްމަދު ތަކުރުފާނު ނުވަތަ އުތީމު ބޮޑު ތަކުރުފާނު ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވީ ގައުމީ ޖިހާދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް