ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އަމިއްލައަށް ތަކެތި އުފައްދައިގެން ވިއްކާ މީހުންގެ އާމްދަނީ ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށެވެ.
އެގޮތުން އަމިއްލަ މަސައްކަތް ކުރާ އަންހެނުންނާއި، ގޭގައި ތިބެގެން އާމްދަނީ ހޯދަން ކުދި ވިޔަފާރި ކުރާ މީހުންނަށް ހާއްސަ ޕްލެޓްފޯމެއް ހިންގަން މަސައްކަތް ކުރައްވާ ކަމަށް ޝިފާ ވިދާޅުވި އެވެ.
އެގޮތުން "ވީކެންޑް މާކެޓް" ބާއްވާނީ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގަ އެވެ. ސިޓީ ކައުންސިލުން ދަނީ މާކެޓު ފެށުމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ މަޝްވަރާ ކުރަމުންނެވެ.