ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް -- ފޮޓޯ: އެމްއޭސީއެލް
ހަވާއަރުވަން އިޒްރާއީލަށް ވާގިވެރިވާ ބަޔަކާ ހަވާލުކޮށްފައެއް ނުވާނެ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުގެ ހަފްލާގައި ހަވާ އަރުވަން އިސްރާއީލުން ފަންޑުކުރާ ކުންފުންޏަކާ ހަވާލު ކުރި ކަމަށް ބުނެ، ފަތުރަމުން އަންނަ ވާހަކަތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދޮގުކޮށްފި އެވެ.
Advertisement

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އެ އެއަރޕޯޓު ހިންގާ އެމްއޭސީއެލްއިން ދަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. އޭގެ ތެރެއިން ހަވާއެރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު މިހަރަކާތް ކުރިއަށް ގެންދަން ހަވާލުކޮށްފައިވަނީ އިޒްރޭލަށް ވާގިވެރިވާ ކުންފުންޏަކާއި ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެ ވާހަކަތައް ދޮގުކުރައްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަމްއާން ވިދާޅުވީ، އިސްރާއީލަށް ވާގިވެރިވާ އެއްވެސް ކުންފުންޏަކާއި އެކުންފުނިން މުއާމަލާތް ކުރަމުން ނުދާކަމަށާއި އެފަދަ މުއާމަލާތެއްވެސް ކޮށްފައިނުވާނެ ކަމަށެވެ.

ލަމްއާން ވިދާޅުވީ އިސްރާއީލްއާ އެއްވެސް ގުޅުމެއް އޮންނަ ކުންފުންޏަކާ އެމްއޭސީއެލް އިން އެއްވެސް ކަމެއް ހަވާލެއް ނުކުރާނެ ކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ފަރުމާކޮށް، މި މަހުގެ 26ގައި ހުޅުވަން އެމްއޭސީއެލުން އަންނަނީ ތައްޔާރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް