ads
ދުންޔާ މައުމޫން --
އިގްތިސޯދީ ދަތިތަކާއެކު މިނިވަންކަމަށް ގޮންޖެހުން އެބަހުރި: ދުންޔާ
ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކާއެކު ރާއްޖޭގެ މިނިވަންކަމަށް ވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ގައުމީ ދުވަހާ ގުޅިގެން ދުންޔާ ކުރެއްވި ޓްވީޓެއްގައި ވަނީ ގައުމީ ދުވަހު ރާއްޖޭގެ އަމިއްލަވަންތަ ކަމާއި މިނިވަންކަން ހިމާޔަތްކުރަން ގޮވާލާފަ އެވެ. އަދި ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން ދިމާވެފައިވާ އިގްތިސޯދީ ދަތި ދުވަސްވަރު ރާއްޖޭގެ މިނިވަންކަމަށް އެތައް ގޮންޖެހުންތަކެއް ދިމާވަމުންދާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. 

އެކަމަކު، ރާއްޖޭގެ މިނިވަންކަމަށް ގޮންޖެހުންތައް ކުރިމަތިވަމުންދަނީ ކިހިނެއްކަން ހާމައެއް ނުކުރައްވަ އެވެ.

ދުންޔާ އެފަދަ މޭރުމަކުން ޓްވީޓްކުރެއްވިއިރު ފާހަގަކުރެވިގެންދަނީ އިދިކޮޅުގެ ބައެއް ފަރާތްތަކުން ވެސް އަންނަނީ ގައުމީ ދުވަސް ފާހަގަކުރަމުންދާއިރު ގައުމު ނެތްކަމަށް ބުނަމުންނެވެ. އެގޮތުން ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް އަހުމަދު ކުރެއްވި ޓްވީޓުގައި ވަނީ މިއަދު އާ ހިތްވަރަކާއެކު ގައުމިއްޔަތަށް ފާރަވެރިވާންޖެހިފައިވާ ކަމާއި މިއީ ފުން އިހްސާންތަކެއް ގެނެސްދޭ ގައުމީ ދުވަހެއް ކަމަށް ވިދާޅުވެފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް