ads
ކައުބާ، މައްކާ
މިއަދުން ފެށިގެން ހަރަމްފުޅުގައި ނަމާދުކުރުމުގެ ހުއްދަދީފި
މިއަދުން ފެށިގެން ހަރަމްފުޅުގައި ނަމާދުކުރަން ސައުދީ އަރަބިއްޔާ އިން ހުއްދަދީފި އެވެ.

ހަތް މަސްދުވަހުގެ ދިގު މުއްދަތަކަށް ފަހު އާންމުންނަށް ހަރަމްފުޅުގައި ނަމާދުކުރުމަށް ސައުދީ ސަރުކާރުން ހުއްދަދީފައިވަނީ މައްކާގެ އިތުރުން ސައުދީ އަރަބިއްޔާގެ އެހެނިހެން ސަރަހައްދުތަކުގައި ކޮވިޑް-19 ގެ ކޭސްތައް މަދުވެފައިވާ ދަނޑިވަޅެއްގައެވެ.

ސައުދީ އަރަބިއްޔާއިން ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން އުމްރާގެ އަޅުކަމަށް ހަރަމްފުޅު ހުޅުވައިލަން ނިންމައިފައެވެ. އެގޮތުން އޮކްޓޫބަރުގެ ހަތަރުވަނަ ދުވަހުން ފެށިގެން ސައުދީ އިން 6000 މީހުންނަށް ދުވާލަކު އުމްރާގެ އަޅުކަން އަދާކުރުމަށް ހުއްދަދީފައިވާ އިރު، މިއަދުން ފެށިގެން އެ އަދަދު ވަނީ 20،000 އަށް އިތުރުކޮށްފަ އެވެ. މީގެ އިތުރުން ބޭރު ގައުމުތަކުން އުމްރާގެ އަޅުކަން އަދާކުރުމަށް ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުޅުވައިލާނެ އެވެ.

ފަހަކަށް އައިސް ސައުދީ އަރަބިއްޔާގައި ކޮވިޑް-19 ގެ ކޭސްތައް ވަނީ ދަށްވެފަ އެވެ. މިހާތަނަށް 342،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 5165 މީހުން ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް