
އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ޑރ. ވަހީދު ވަނީ ރާއްޖޭގެ ވެރިކަން ކުރައްވަން ލިބިވަޑައިގަތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް އެކި ކަހަލަ ފިއްތުންތައް ކުރިމަތިވި ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ވެރިކަމުގައި ހުންނަވަނިކޮށް އެއް ދުވަހަކު، ބޭރުގެ ވަޒީރު ފެންވަރުގެ ބޭފުޅަކު ވަޑައިގެން އޭނާއާއެކު ޓީވީ އަށް އަރައި އިސްތިއުފާ ދިނުމަށް ހުށަހެޅި ކަމަށައި އެކަމަކީ އެއްވެސް ގައުމެއްގައި ހިނގާފައި އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި އެއްވެސް ގައުމަކުން އަނެއް ގައުމާމެދު އެހާ ދަށު ދަރަޖައިގެ ކަމެއް ނުކުރާނެކަން ފާހަގަކުރައްވާ ޑރ. ވަހީދު ވިދާޅުވީ އެ ދުވަހު ޓީވީއަށް އެރިނަމަ ރާއްޖޭގެ މިނިވަންކަން ނޯންނާނެ ކަމަށެވެ.
ގައުމުތަކުގެ ނުފޫޒުތައް އިތުރުވެ 2013 ވަނަ އަހަރު އޮތް އިންތިހާބަށް ވެސް އޭގެ ނުފޫޒުތައް ފޯރަން އުޅުންކަން ފާހަގަކުރައްވާ ޑރ. ވަހީދު ވިދާޅުވީ އެފަދަ ހާލަަތެއްގައި ގައުމު އޮތްވާ ސަލާމަތްކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
އެގޮތުން ބޭރުގެ ބައެއް ގައުމުތަކުން ރައީސް ޔާމީނަށް ވަރަށް ނަފުރަތުކުރާ ކަމަށާއި އެގޮތަށް އެކަން ދިމާވަނީ އެމީހުން ބޭނުންވާ ގޮތަށް ރާއްޖެއަށް އަތްގަދަނުކުރެވުމުން ކަމަށެވެ.
އަދ ގައުމީ ދުވަހެއް ފާހަގަކުރަމުން އަންނައިރު އެންމެ ބޮޑަަށް ހިތާމަކުރަން ޖެހޭނީ ނުހައްގުން ރައީސް ޔާމީން ޖަލުގައި ހުންނަވަން ޖެހުންކަން ވެސް ފާހަގަކުރެއްވި އެވެ.