އެ ކުއްޖާއަށް "ޒީޖީ" ގެ ނަމުން ފޭނުން މުހާތަބު ކުރަމުން ދާއިރު، ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 25 އަހަރުގެ ޖީޖީ ވިހެއީ ސެޕްޓެމްބަރު 19 ގައެވެ.
ވިހެއުމާއެކު ދަރިފުޅުގެ ފޮޓޯއެއް އެމީހުން ވަނީ ހިއްސާކޮށްފަ އެވެ. ޖީޖީ އާއި ޒެއިން އާ އެއް ވަރަށް ޖީޖީގެ މަންމަ ވެސް އުޅެނީ މާމަ ދަރިއަކު ލިބުމުން އުފާވެގެންނެވެ.
ޖީޖީގެ މަންމަ، ޔޮލާންދާ ހަދީދް ވެސް ވަނީ މާމަ ދަރިފުޅުގެ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ. "ރިއެލް ހައުސްވައިވްސް އޮފް ބެވެލީ ހިލްސް" ގެ ކުރީގެ ތަރި އެ ފޮޓޯ ހިއްސާ ކުރުމަށް ފަހު ބުނީ އެއީ "އޭންޖެލް" އެއް ކަމަށެވެ.