ads
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް-- ފޮޓޯ: ޕީއެސްއެމް
އައްޑޫ މާރާމާރީގައި އަނިޔާވި މީހާ އައިސީޔޫގައި
އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އެބަ ދެއެވެ.

އެ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އުމުރުން 22 އަހަރުގެ ފިރިހެން މީހާއަށް ފުން، ގިނަ ޒަހަމްތަކެއް ލިބިފައި ވެއެވެ. އަދި އޭނާ މި ވަގުތު އޮތީ އައިސީޔޫ ގައެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި ކަމުގެ ރިޕޯޓް ލިބުނީ ރޭ 12:30 ހާއިރު ކަމަށެވެ.  

އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް