ads
ގެރެތު ބޭލް
ފަހު ދިހަ މިނިޓްތެރޭ ތިން ލަނޑު ޖަހައި ވެސްޓްހޭމުން މެޗު އަނބުރާލައިފި
އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް ކޮޅަށް ފަހު ދިހަ މިނިޓް ތެރޭ ތިން ލަނޑު ޖަހައި ވެސްޓް ހޭމުން މެޗު އަނބުރާލައިފި އެވެ. މި މެޗު ނިމުނީ ތިނެއް ތިނަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
Advertisement

ޓޮޓެންހަމްއާ ވެސްޓްހޭމް އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގެ ކުރީކޮޅު ޓޮޓެންހަމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައި މެޗު ފަސޭހައިން ނިންމާލެވިދާނެ ކަމަށް ހީކޮށްފަ އެވެ. އެހެން ނަމަވެސް، މެޗު އެނބުރުނީ މެޗުގެ ފަހު ދިހަ މިނިޓް ތެރޭ ވެސްޓް ހޭމުން ތިން ލަނޑު ޖެހުމުންނެވެ.

ޓޮޓެންހަމުން ރޭގެ މެޗުގެ ލީޑު ނެގީ މެޗު ފެށިގެން މިނިޓެއް ވެސް ނުވަނީސް ސޮން ހެއުން މިން ޖެހި ގޯލުންނެވެ. އޭގެ އިރުކޮޅެއް ފަހުން ހެރީ ކޭން ވަނީ އިތުރު ދެ ލަނޑު ޖަހާފަ އެވެ. ތިން ލަނޑު ސުން ލަނޑުން ކުރީގައި އޮތުމުން މެޗު ލިބުނީ ކަމަށް ނިންމައިގެން ތިއްބާ ވެސްޓް ހޭމުން ފުރަތަމަ ގޯލު ޖެހީ އަށްޑިހަ ދެވަނަ މިނިޓްގަ އެވެ. ފަބިއަން ބަލްބުއޭނާގެ ގޯލަށް ފަހު ޓޮޓެންހަމްގެ ޑަވިންސަން ސަންޗޭޒް އަތުން ބައިކޮޅަށް ގޯލެއް ވަނެވެ. އަދި އިތުރު ވަގުތުގެ ފަހު މިނިޓްގައި ވެސްޓް ހޭމް އަށް އެއްވަރުކޮށްދިނީ މެނުއަލް ލަންޒީނީ އެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޓޮޓެންހަމުން ވަނީ، ރިއަލް މެޑްރިޑުން ލޯނެއްގެ ދަށުން ޓޮޓެންހަމަށް ބަދަލުވި އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ގަރެތު ބޭލް އަރުވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް