އެގޮތުން މިނިސްޓަރު ޑރ. ހުސައިން އާއި ޖާބިރު ކުރައްވާ ފުރަތަމަ ސުވާލެއްގެ ގޮތުގައި އޮތީ، ސަރުކާރަށް ދެއަހަރު ފުރުމަށް ކައިރިވެފައިވާއިރު ކުނި ނައްތާލުމުގެ ނިޒާމަށް އެއްވެސް ހައްލެއްނުލިބި ތިލަފުށީގައި މެހި އާލާވެ ދުން އެރުމުގެ މައްސަލަ ހައްލުނުވެގެން އުޅޭ ސަބަބު ސާފުކުރުމަށެވެ.
އަދި ދެވަނަ ސުވާލެއްގެ ގޮތުން އޮތީ ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތް ސާފު ކުރުމަށާއި، އެކަން ހައްލުވުމަށް ނަގާނޭ މުއްދަތަކާއި ގުޅިގެންނެވެ.
މިނިސްޓަރާއި ސުވާލު ކުރުމުގެ ނޯޓިސް ފޮނުވާފައިވަނީ އޮކްޓޫބަރު 15 ވަނަ ދުވަހު ކަމަށް ޖާބިރު ނިސްބަތްވެވަޑައިގަންނަވާ ޑީއާރްޕީން މައުލޫމާތުދެއްވާފައިވެ އެވެ.