ads
މާލެ މަގުމަތި----
ކޭސްތައް މަދުވިޔަސް ތިންވަނަ ރާޅެއް އަތުވެދާނެ: ޑރ. ނަޒްލާ
މިހާރު ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް މަދުވެފައިވީނަމަވެސް ތިން ވަނަ ރާޅެއް އަތުވެދާނެ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެޗްއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކަށް މިހާރު ވެސް ކޮވިޑްގެ ތިން ވަނަ ރާޅެއް ކުރިމަތިވެފައިވާ ކަމަށާއި އެގޮތުން ރާއްޖޭގެ ކޭސްތަކުގެ އަދަދު ދަށް ނަމަވެސް އެއްކޮށް ކޮވިޑް ފިލައިގެން ނުދާ ކަމަށެވެ. އަދި އަނެއްކާ ވެސް ކޭސްތައް އިތުރުވެ އިތުރު ފާޅެއް އައިސްދާނެ ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރައްވާފަ އެވެ. އަދި އަބަދު ލޮކްޑައުން ފަދަ ފިޔަވަޅުތައް ނޭޅޭނެ ކަމަށާއި ކޮވިޑާއެކު އުޅެން ދަސްކުރަންޖެހޭކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ ލޮކްޑައުން ނެގުމާއެކު ކޮވިޑްގެ ކޭސްތައް އިތުރުވި ކަމަށެވެ. 

އަދި އަނެއްކާ ވެސް ފިޔަވަޅުތަކެއް އަޅާ ކޭސްތައް މަދުކުރިއިރު އެ ފިޔަވަޅުތަކަށް ބެލުމަށް ވަނީ އެދިވަޑައިގެންފަ އެވެ،

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް