ads
އާޖެންޓީނާގެ މަގުތަކުގައި މީހުން މާސްކް އަޅައިގެން--
އާޖެންޓީނާގައި ވެސް މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިއްޖެ
އާޖެންޓީނާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށް ވުރެ އިތުރުވެއްޖެ އެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އާޖެންޓީނާ އިން 12،982 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ. އެއާއެކު އެ ގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ މިހާރު 1،002،662 އެވެ. 

އާޖެންޓީނާއަކީ އެއް މިލިއަނަށް ވުރެ ގިނަ ކޮވިޑްގެ ކޭސްތައް ފެނުނު ފަސްވަނަ ގައުމެވެ. 

މީގެ އިތުރުން ކޮވިޑް-19 ޖެހިގެން އެ ގައުމުގައި އިއްޔެ 451 މީހުން މަރުވެފައިވާ އިރު، މިހާތަނަށް ޖުމްލަ 26،716 މީހުން އެ ގައުމުގައި ވަނީ މަރުވެފަ އެވެ.

އާޖެންޓީނާގެ ހެލްތް މިނިސްޓްރީން ދިން މައުލޫމާތުގައިވާ ގޮތުން މި ވަގުތު ކޮވިޑް ޖެހިގެން 4،392 މީހުންނަށް ފަރުވާދެމުން ދަނީ އައިސީޔޫ ގައެވެ. އެހެންކަމުން އާޖެންޓީނާގެ ހޮސްޕިޓަލްތަކުގެ 64 އިންސައްތަ ވަނީ ފުރިފަ އެވެ.

އާޖެންޓީނާގެ ކޮވިޑް ކޭސްތައް އެންމެ ގިނައިން ފެނިފައިވާ ވެރިރަށް ބުއޭނޯސް އެއާސް އިން މިހާރު ދަނީ ކޭސްތައް މަދުވަމުންނެވެ. ނަމަވެސް އެހެން ސަރަހައްދުތަކުގައި އިތުރުވަމުން ދާތީ އެ ސަރަހައްދުތަކަށް މިހާރު ވަނީ ރަތް އެލާޓް ނެރެފަ އެވެ.

މުޅި ދުނިޔެއިން މިހާރު 40 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި 1.1 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް