އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ހަފްލާ-- ފޮޓޯ: އެންވާރަމަންޓް މިނިސްޓްރީ
ޓިވެޓްގެ ކޯސްތައް ހިންގަން އެންވާރަމަންޓް މިނިސްޓްރީ އާއި އެމްއައިޓީން އެހީވަނީ
Share
ޓިވެޓް އޮތޯރިޓީގެ ފެނާއި ނަރުދަމާގެ ކޯސްތަކަށް ބޭނުންވާ ކޯސް މެޓީރިއަލް ތައްޔާރު ކުރަން އެންވާރަމަންޓް މިނިސްޓްރީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން އެއްބަސްވެއްޖެ އެވެ.
Advertisement

ނެޝަނަލް އޮކިއުޕޭޝަނަލް ސްޓެންޑަޑްސް އަދި ކޯސް މެޓީރިއަލް ތައްޔާރު ކުރުމަށް ނިންމާ މިއަދު އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. 

އެންވާރަމަންޓް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ހުސެން ރަޝީދު ހަސަން އެއްބަސްވުމުގައި ސޮއިކުރެއްވި އިރު، އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް ޕްރޮގްރާމްސް އާދަމް ހަލީމް އެވެ.

ލެވެލް ތިނެއް އަދި ހަތަރެއްގެ މި ކޯސްތަކުގެ ތެރޭގައި ޕްލަމްބިން، ސްވަރޭޖް ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނަންސް، ވޯޓާ ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނަންސް އަދި ފެން ޓެސްޓު ކުރާ ލެބޯޓްރީ ޓެކްނީޝަންސް ހިމެނެ އެވެ.

މި ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ހިންގާ ކޯސްތަކެކެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މިއީ މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހުނަރާއި ފަންނީ ގާބިލްކަން އިތުރު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް