ads
ކްރިތީ
އަމިއްލަ ޕޮއެމް ފޮތެއް ނެރެން ބޭނުންވޭ: ކްރިތީ
ސަބިރު ހާނު ޑައިރެކްޓުކޮށް ނެރުނު ފިލްމު "ހީރޯޕަންތީ" އިން ވިދާލި މަޝްހޫރު ތަރި ކްރިތީ ސަނޯން އަމިއްލަ ޕޮއެމް ފޮތެއް ނެރެން ބޭނުންވާ ކަމަށް ބުނެފިއެވެ.
ސަބިރު ހާނު ޑައިރެކްޓުކޮށް ނެރުނު ފިލްމު "ހީރޯޕަންތީ" އިން ވިދާލި މަޝްހޫރު ތަރި ކްރިތީ ސަނޯން އަމިއްލަ ޕޮއެމް ފޮތެއް ނެރެން ބޭނުންވާ ކަމަށް ބުނެފި އެވެ.

ކްރިތީ އަކީ އަބަދުވެސް ޕޮއެމް ލިޔުމަށް ޝައުގުވެރިކަން ހުންނަ ފަންނާނެކެވެ. އެގޮތުން ދޭތެރެ ދޭތެރެއިން އޭނާ އަންނަނީ ސޯޝަލް މީޑިއާގައި އޭނާ ލިޔެފައި ހުންނަ ޕްއެމް ހިއްސާ ކުރަމުންނެވެ.

ދާދި ފަހުން ކްރިތީ ވަނީ އޭނާ ހިތްހަމަ ޖެހޭ ވަރަށް ބައިވަރު ޕޮއެމްތައް ލިޔެވުމުން ފޮތެއް ގޮތަށް ނެރެން ބޭނުންވާ ކަމަށްވެސް ބުނެފަ އެވެ.

ކްރިތީ ބުނި ގޮތުގައި އޭނާ އަކީ ކުރިން ވަރަށް ގިނައިން ޕޮއެމް ލިޔާ މީހެއް ކަމަށެވެ. ނަމަވެސް މުމްބާއީއަށް އައިސް މަސައްކަތުގައި ބިޒީވުމުގެ ސަބަބުން އެކަމާ އެހާ ވަރަށް ނޫޅެވުނު ކަމަށްވެސް ކްރިތީ ބުނެ އެވެ. އަދި މިހާރު އަނެއްކާ ވެސް ޕޮއެމް ލިޔަން ފެށިފައިވާތީ އުފާކުރާ ކަމަށްވެސް ކްރިތީ ވަނީ ބުނެފަ އެވެ.

ކްރިތީ ވަނީ "ދިލްވާލޭ" އާއި "ރާބުތާ" އަދި "ބަރޭލީ ކީ ބަރްފީ" ގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި އަންނަ އަހަރު އޭނާ ލީޑު ރޯލުން ފެނިގެންދާ ފަސް ފިލްމެއް ނެރޭނެ އެވެ. އެއީ "ލުއްކާ ޗުއްޕީ" އާއި "ކަލަންކް" އަދި "ހައުސްފުލް 4" ގެ އިތުރުން "އަރުޖުން ޕަޓިއާލާ" އާއި "ޕާނީޕަތު" އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް