ads
މައިކް ޕޮމްޕެއޯ--
ޗައިނާ އިން އިމްޕޯޓްކުރާ މުދަލަށް ބަރޯސާވުން މަދުކުރަން ޖެހޭ: ޕޮމްޕެއޯ
ދެ ގައުމުގެ ސަލާމަތަށްޓަކައި ޗައިނާއިން އިމްޕޯޓްލުރާ މުދާތަކަށް ބަރޯސާވުން މަދުކުރުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ގޮވާލައްވައިފި އެވެ.

އިއްޔެ އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިން އިންތިޒާމްކޮށްގެން ބްރެޒިލް އާއި އެމެރިކާ އާއި ދެމެދު ބޭއްވި ވާޗުއަލް ސަމިޓެއްގައި ވާހަކަފުޅު ދައްކަވަމުން ޕޮމްޕެއޯ ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރި ފުޅާކުރުމުގެ މުހިއްމުކަމަށް އަލިއަޅުއްވާލައިފަ އެވެ. އަދި އޭގެ ސަބަބުން އެހެނިހެން ގައުމުތަކުގެ (ޗައިނާގެ) އިމްޕޯޓް މުދާތަކަށް ބަރޯސާވުން މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ބްރެޒިލްގެ ރައީސް ޖަޔާ ބޮލްސޮނާރޯ ވަނީ ތިން އެއްބަސްވުމެއް އެކުލެވޭ ޕްރޮޓޮކޯލް އެއްގައި ސޮއިކުރައްވާފައެވެ. އެ އެއްބަސްވުންތަކުގެ ސަބަބުން އެމެރިކާ އާއި ބްރެޒިލް އާއި ދެމެދު އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ބޮލްސޮނާރޯ ވިދާޅުވިއެވެ.

އެމެރިކާ އިން ޗައިނާއިން އިމްޕޯޓް ކުރާ މުދާތަކަށް ބަރޯސާވުން މަދުކުރުމަށް ގޮވާލާފައިވާ އިރު، ބްރެޒިލް އިން ގިނަ އަދަދެއްގެ ސޯޔާ ބީން އާއި ދަގަނޑު ޗައިނާ އަށް އެކްސްޕޯޓް ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް